ދަޅުގައި ހުންނަ މޭވާއާއި ތަރުކާރީ. ފޮޓޯ: ގޫގުލް
ދަޅުގައި ހުންނަ މޭވާއާއި ތަރުކާރީ. ފޮޓޯ: ގޫގުލް
އަޅުގަނޑުމެންގެ ހަށިގަނޑަށް ކާނާގެ ގޮތުގައި އެތެރެ ކުރާ ބާވަތްތަކުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ބައެއް ކަހަލަ ކާނާގެ ބާވަތްތަކަކީ ސިއްހަތަށް ވަރަށް ގެއްލުންހުރި ބާވަތްތަކެކެވެ. ތިރީގައި މި ހިމަނާލަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ ދުރުވެލަން ޖެހޭ ނުވަތަ ބޭނުން ނުކޮށް ހުއްޓާލަން ޖެހޭ ބައެއް ބާވަތްތަކެވެ.

ކާބޮނޭޓު ކޮށްފައި ހުންނަ ބުއިންތައް

ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ ކާބޮނޭޓު ކޮށްފައި ހުންނަ ބުއިންތަކާ ދުރުވެލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ބުއިންތަކަކީ އޭގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭ އެއްޗެހި ކަމަށްވީއިރު، މި ބޭނުން ކުރުމުން ހަށިގަނޑަށް އެތެރެވާންޖެހޭ ވަރަށް ވުރެ އިތުރަށް ހަކުރު އެތެރެ ވެއެވެ. މީގެ އިތުރުން މިފަދަ ބުއިންތަކަކީ އޭގައި ގިނަ އަދަދަކަށް ނުރައްކާތެރި ކެމިކަލްތައްވެސް އެކުލެވޭ ބާވަތްތަކެއް ވެސްމެއެވެ. އެހެންވެ މި ބޭނުން ކުރުމުން ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ.

މީގެ ބަދަލުގައި ބޭނުން ކުރެވިދާނެ ބައެއް އެއްޗެހީގެ ތެރޭގަައި ފްރެޝް ފުރުޓުން ހަދާފައި ހުންނަ ބުއިންތަކާއި، ފެނާއި، ސައި ފަދަ ބާވަތްތައް ހިމެނެއެެވެ.

ދަޅުގައި ހުންނަ ފުރުޓާއި ތަރުކާރީ

ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ ދަޅުތަކުގައި ބަންދުކޮށްފައި ހުންނަ މޭވާއާއި ތަރުކާރީ ބޭނުން ކުރުން ހުއްޓާލުމަކީވެސް މުހިންމު ކަމެކެވެ. މޭވާއާއި ތަރުކާރީ އަކީ ފައިދާހުރި ބާވަތްތަކެއް ކަމަށްވީނަމަވެސް، ދަޅުގައި ބަންދުކުރުމުން މިއިން ލިބޭ ފައިދާ އަށްވުރެ ގިނައީ ލިބޭ ގެއްލުމެވެ. މިފަދަ ދަޅުތައް ތައްޔާރު ކުރާއިރު، އާންމު ގޮތެއްގައި ގިނަ ދަޅުތަކުގައި ބީޕީއޭ ނަމަކަށް ކިޔާ ކެމިކަލެއް ބޭނުން ކުރެއެވެ. މިއީ ޖަރާސީމުތަކުން ދަޅު ރައްކާތެރިކޮށް، ދަޅުގައި ދަބަރު ޖެހުމުން ދުރުކޮށްދޭ މާއްދާއެކެވެ. އެހެންނަމަވެސް މި މާއްދާގެ ސަބަބުން ޓައިޕް 2 ޑައިބެޓީސް އާއި ހިތުގެ ބަލިތަކާއި، ސިކުނޑީގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

މީގެ ބަދަލުގައި ތާޒާ ނުވަތަ ގަނޑުކޮށްފައި ހުންނަ މޭވާއާއި ތަރުކާރީގެ ބާވަތްތައް ބޭނުން ކުރެވިދާނެއެވެ.

މާޖިރީން

މާޖިރީނަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ އެއްޗެކެވެ. އެހެން ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ މި ބޭނުން ކުރުން ހުއްޓާލުމަކީ މުހިންމު ކަމެކެވެ. މާޖިރީނަކީ ތެލުން ތައްޔާރު ކުރާ އެއްޗެއްކަމުން މީގައި ގިނަ އަދަދަކަށް ޓްރާންސް ފެޓު ހިމެނެއެވެ. ހަށިގަނޑުގައި ޓްރާންސްފެޓު ގިނަވާނަމަ ހަށިގަނޑުގައި ފައިދާހުރި ކޮލެސްޓްރޮލް ހުންނަ މިންވަރު ދައްކޮށްދީ، ހިތުގެ ބަލިތަކާއި ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރު ކޮށްދެއެވެ.

މާޖިރީނުގެ ބަދަލުގައި ބޭނުން ކުރަން ޖެހެނީ އާދައިގެ ބަޓަރެވެ. ބަޓަރު ބޭނުން ކުރާއިރުވެސް އެންމެ ރަނގަޅީ ލޮނު އެކުލެވިފައި ނުވާ ބަޓަރު ބޭނުން ކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން