ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
ދިވެހި އަސްކަރިއްޔާއަށް މިސައިލްތަކެއް ގަންނަން އުޅޭކަމަށް ބުނެ ފެތުރެމުންދާ އަޑުތަކާ ގުޅިގެން އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅައިފިއެވެ.

ޣައްސާން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް އެދި ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމެވެ.

އޭނާ މިއަދު އެކްސްގައި އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޣައްސާން ހާޒިރު ކުރުމަށް ބޭނުންވަނީ ދިވެހި އަސްކަރިއްޔާގެ ބޭނުމަށް އެއްވެސް ބާވަތެއްގެ މިސައިލެއް ގަތުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާ އެކު އެބަ ކުރިއަށްދޭތޯ ސާފު ކުރެއްވުމަށް ކަމަށެވެ.

ނަމަވެސް މި މައްސަލަ އާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މީކާއީލްގެ ސުވާލުގައި ހިމަނުއްވާފައެއް ނުވެއެވެ. އޭގެ އިތުރުން އަގުބޮޑުކޮށް އެފަދަ މިސައިލްތަކެއް ގެންނަކަމަށް މީސްމީޑިއާގައި އަޑު ފެތުރުނު ނަމަވެސް ސަރުކާރުން ވެސް މިހާތަނަށް އެކަމުގައި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން