ކުޑަކުއްޖަކު ފްރޮސްޓިން ކަނީ، ގޫގުލް އިމޭޖެސް
ކުޑަކުއްޖަކު ފްރޮސްޓިން ކަނީ، ގޫގުލް އިމޭޖެސް
އަޅުގަނޑުމެންގެ ހަށިގަނޑަށް ކާނާގެ ގޮތުގައި އެތެރެ ކުރާ ބާވަތްތަކުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ބައެއް އެއްޗެހި ކެއުމުން ހަށިގަނޑަށް ފައިދާވާއިރު ބައެއް އެއްޗެހި ކެއުމުން ބޮޑެތި ގެއްލުންވެސް ވެއެވެ. ތިރީގައި މި ހިމަނާލަަނީ ދުޅަހެޔޮ ސިއްހަތެއްގަައި ހުރުމަށްޓަކައި ބޭނުން ކުރުން ހުއްޓާލަން ޖެހޭ ބައެއް ބާވަތްތަކެވެ.

ޕްރޮޓީން ބާ

ފިހާރަތަކުގައި ވިއްކަން ހުންނަ ޕްރޮޓީން ބާ އަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ އަދި ބޭނުންވެސް ކުރާ އެއްޗެކެވެ. ގިނަ މީހުން ދެކޭ ގޮތުގައި މިއީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މީގައި ގިނަ އަދަދަކަށް ޕްރޮޓީން ހިމެނޭ ނަމަވެސް، ޕްރޮޓީންގެ އިތުރުން ގިނަ އަދަދަކަށް ހަކުރާއި ފެޓުވެސް މީގައި ހިމެނެއެވެ. އެހެންވެ، މި ކެއުމުން ލޭގައި ހަކުރު ހުންނަ ވަރު މަތިވެ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

މީގެ ބަދަލުގައި ބަދަނާއި އޮށް އަދި މަސް ފަދަ ތާޒާ ޕްރޮޓީންގެ ބާވަތްތައް ބޭނުން ކުރުމުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ލިބޭނެއެވެ.

ފްރޮސްޓިން

ފްރޮސްޓިން އަކީ އާންމުގޮތެއްގައި ހަމަ އެންމެނަށްވެސް ކަމުދާ އެއްޗެކެވެ. މިއީ ކިތައްމެ މީރު އެއްޗެއް ކަމަށްވީނަމަވެސް މީގެ ކުޑަ އެތިކޮޅެއް ކެއުމުންވެސް ހަށިގަނޑަށް ގިނަ ގެއްލުންތަކެއް ލިބެއެވެ. މިއީ ގިނަ އަދަދަކަށް ޓްރާންސް ފެޓާއި ހަކުރު ހިމެނޭ އެއްޗެކެވެ. މީގެ އިތުރުން މީގައި ކުލަ ޖެއްސުމަށް ބޭނުންކުރާ ކުލަތަކަކީ ތަފާތު އެކިކަހަލަ ކެމިކަލްތަކުން އުފައްދާ އެއްޗެހި ކަމުން މީގައި ގިނަ އަދަދަކަށް ކެމިކަލްތައްވެސް ހުރެއެވެ. އެހެންވެ މި ކެއުމުން ސިއްހަތަށް ގިނަ ގެއްލުންތަކެއް ލިބެއެވެ.

ފިހާރަތަކުގައި ވިއްކަން ހުންނަ ފްރޮސްޓިން ބޭނުން ކުރުމުގެ ބަދަލުގައި ކޭކުތައް ހަދާއިރު ފައިދާހުރި އަލްޓަނޭޓިވް އެއް އަމިއްލައަށް ތައްޔާރު ކުރެވިދާނެއެވެ. އެކަހަލަ ގިނަ ރެސިޕީތައް އޮންލައިންކޮށްވެސް ފެންނަން ހުންނާނެއެވެ.

މަސްދަރު: ޑެއިލީ އެންޓަޓެއިންމެންޓް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން