މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހިތުގެ ބަލިތައް ނުވަތަ ކާޑިއޯ ވެސްކިއުލަރ މައްސަލަތަކާއި ގުޅުން ހުންނަ ކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.
އޮސްޓްރޭލިއާގެ ދިރާސާވެރިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ހޫނު މޫސުމުގެ ސަބަބުން ހިތުގެ ބަލިތައް ކޮންމެ އަހަރަކު ދެގުނަ ނުވަތަ ތިންގުނަ އިތުރުވާ ކަމަށެވެ. އަދި މި ހޯދުމުން ހާމަވި ގޮތުގައި މިހާރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި މޫސުމުގެ އަސަރުތައް މިކަމުގައި އެތައް ގުނައަކަށް އިތުރުވާނެ އެވެ.
ޔޫރަޕިއަން ހާޓް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބޭނުންކޮށްފައިވަނީ 2003 އިން 2018 އަށް ހިތުގެ ބަލިތަކުގެ ސަބަބުން ދިމާވާ ބަލިތަކާ ބެހޭ އޮސްޓްރޭލިއަން ބާޑަން އޮފް ޑިޒީސް ޑޭޓާބޭސްގެ ޑޭޓާ އެވެ.
“ޖައްވު ހޫނުވާ ވަގުތުތަކުގައި އަހަރުމެން ފިނިވާން އެހީތެރިވުމަށް ހިތް އިތުރަށް މަސައްކަތް ކުރަން ޖެހޭ. މި އިތުރު ޕްރެޝަރަކީ ހާއްސަކޮށް ކާޑިއޯ ވެސްކިއުލަރ ބަލި ހުންނަ މީހުންނަށް ނުރައްކާތެރި ޕްރެޝަރަކަށް ވެދާނެ،” ޔުނިވާސިޓީ އޮފް އެޑިލޭޑްގެ ޕްރޮފެސަރު ޕެންގް ބީ ވިދާޅުވި އެވެ.
ދިރާސާވެރިން ހިސާބުކުރި ގޮތުގައި ކާޑިއޯ ވެސްކިއުލަރ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ 7.3 އިންސައްތަ މީހުން މަރުވަނީ ހޫނުވުމުގެ ސަބަބުންނެވެ. އަދި މޮޑެލިން އިން ދައްކާ ގޮތުގައި 2050 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ދެގުނަ ނުވަތަ ތިންގުނައަށް އިތުރުވެދާނެ ކަމަށް ރިޕޯޓުގައިވެ އެވެ.
މި ދިރާސާ ކުރި ޓީމުން ހާމަކުރި ގޮތުގައި އޮސްޓްރޭލިޔާގައި މި ދިރާސާ ކުރި ނަމަވެސް މިއީ އެންމެންނަށްވެސް މީގެ އަސަރު ކޮށްފާނެ ކަމެކެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަކުންވެސް މިކަމަށް ސަމާލުވުމަށް ދިރާސާ ޓީމުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު