އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ 200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
މީޑިޔާ ރިޕޯޓް ތައް ބުނާގޮތުން އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާއަށް ވަރުގަަދަ ހަމަލާތަކެއް އަންނަނީ ދެމުންނެވެ. ޣައްޒާގެ އެކި ސަރަހައްދުތަކުގައި ސިލްސިލާ ކޮށް ދެމުން ދާ ބޮމުގެ ހަމަލާތަކުގެ އަޑު އިވުމުންދާ ކަމަށް ރިޕޯޓް ތައް ބުނެއެވެ.
އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވަނީ ގެތަކަށާއި، މީހުން ދިރިއުޅޭ އިމާރާތްތަކަށާއި، ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތްކުރުމަށް ބޭނުންކުރާ ސްކޫލްތަކަށާއި، ޓެންޓްތަކަށެވެ.
ފަލަސްޠީނު ޞިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މިއަދުގެ އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 232 މީހުން މަރުވެފައިވެއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އަދި މިހަމާލަތަކުގައި 200 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާއިރު ހަމަލާތަކުގައި ޝަހީދުވި މީހުންނާއި އަނިޔާ ލިބުނު މީހުން އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އިސްރާއިލުގެ ހަމާލާތަކުގައި ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ އިސް ފަސް ލީޑަރަކު ވެސް ވަނީ ޝަހީދުކޮށްލާފައެވެ.
މިއީ މިދިޔަ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ހަނގުރާމަ މެދުކަނޑާލިފަހުން އިސްރާއިލުން ޣައްޒާއަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.
އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔަހޫ ނެރުނު ބަޔާނެއްގައި ބުނީ އެއީ އިސްރާއީލުގެ ހަނގުރާމައިގެ މަގްސަދުތައް ހާސިލްކުރުމުގެ މަގްސަދުގައި ދެމުންގެންދާ ހަމަލާތަކެއް ކަމަށެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ މިވަގުތުން ފެށިގެން އިސްރާއީލުން ހަމާސްއާ ދެކޮޅަށް ފިޔަވަޅު އަޅާނީ އަސްކަރީ ބާރުތައް އިތުރުކޮށްގެން ކަމަށާއި އޮޕަރޭޝަންތައް އަލުން ފެށުމުގެ ޕްލޭންތައް މިދިޔަ ހަފުތާގައި ސިޔާސީ ފަރާތްތަކުން ފާސްކޮށްފައިވާ ކަމަށް ނަތަންޔާހޫ އޮފީހުން ބުންޏެވެެ.
ގާޒާއަށް އަލުން ހަމަލާތައް ދޭން ފެށުމާ ގުޅިގެން ހަމާސް ޖަމާއަތުން ބުނީ އިޒްރޭލުން ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޖަވާބުދާރީކުރުވަން ހަމާސް އިން ގޮވާލި އެވެ.

ކިޔުންތެރިންގެ ހިޔާލު