މިއަދު އެމްޑީޕީގެ ގާނޫނީ ޓީމުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
މިއަދު އެމްޑީޕީގެ ގާނޫނީ ޓީމުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
މަގުމަތީގައި ދައްކާ ވާހަކައެއްގެ ރައްދު ކަޅުތެލުން ދިނުމުން އެއިން ދޭހަވެގެން ދަނީ ގައުމުގައި އެއްވެސް މީހަކަށް ސަލާމަތްތެރިކަމެއް ނެތްކަން ކަމަށް އެމްޑީޕީގެ ލީގަލް ޓީމުގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލު އައިކު އަހުމަދު އީސާ ވިދާޅުވެއްޖެއެެވެ.

އައިކު މިހެން ވިދާޅުވީ މިއަަދު އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ.

އެގޮތުން އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ކުއްވެރިކުރަމުން އައިކު ވިދާޅުވީ އެއީ ވަރަށް މުޑުދާރު، ހަޑި އަދި ފިނޑި އަމަލެއް ކަމަށެވެ.

"މަގުމަތީގައި އަޅުގަނޑުމެން ދައްކާ ވާހަކައެއްގެ ރައްދު ކަޅުތެލުން ދޭން ވެއްޖެއްޔާ މި ގައުމުގެ އެއްވެސް މީހެއްގެ ރައްކާތެރިކަމެއް ނޯންނާނެ." އައިކު ވިދާޅުވިއެވެ.

އައިކު ވިދާޅުވީ މިހާރު މި ފެނިގެންދަނީ ރާއްޖެ އަނެއްކާވެސް ކުރީގައި އޮތްފަދަ ހުދުމުހުތާރު ވެރިކަމުގެ ނިޒާމަކަށް އެނބުރިގެންދާތަން ކަމަށެވެ.

މީހެ އިތުރުން ތަހުގީގީ އިދާރާތަކުން އެމްޑީޕީ އެކްޓިވިސްޓުންނަށް ބިރު ދައްކަމުންދާކަން ފާހަގަ ކުރައްވަމުން އައިކު ވިދާޅުވީ މިކަން މިނޫން އުސޫލަކުން ކުރަން ޖެހޭ ކަމަށެވެ.

"މާލޭގެ ހުރިހާ ފުލުސް ސްޓޭޝަނެއްގެ އިންޓޮރެގޭޝަން ރޫމުތައް ހުސްކުރެވިފައި މިވަނީ އިހުތިޖާޖުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ސުވާލު ކުރުމަށް، އެހެންވެ ސުވާލު އުފެދޭ ފުލުހުން އެހެން އިތުރު އެއްވެސް މައްސަލައެއް ބަލަމުންދާކަމާމެދު." އައިކު ވިދާޅުވިއެވެ.

އައިކު ވިދާޅުވީ ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ ސީރިއަސް މައްސަލަތައް ބެލުމުގެ ބަދަލުގައި ފެނިގެން މިދަނީ ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ އަނބުރައިގެން އުޅޭތަން ކަމަށެވެ.

އަދި މިއީ ވަރަށް ބިރުވެރި ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން އައިކް ވިދާޅުވީ މިފަދަ ހަޑި އަމަލުތައް ހިންގުން ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރުމުން ކޮންމެ ރެއަކު ސަލާމަތީ ބާރުތަކުން މުޒާހަރާ ރޫޅާލާ އަނިޔާކޮށް، އެތައްބަޔަކު ހައްޔަރުކޮށް ޖަލަށްލައި ތަހުގީގު ހިންގި ވާހަކައަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން ވެސް އެންމެ ގިނައިން ދެއްކި ވާހަކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން