ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
އެ މަގާމަށް ޝަހީދު އައްޔަނުކުރަން މަޖިލީހުގައި އެޖެންޑާކޮށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ. އަދި ހަމަ އިއްޔެ ވަނީ ޝަހީދު އެ މަގާމަށް އައްޔަނުކުރަން އެ ކޮމިޓީން ފާސްކޮށްފަ އެވެ.
މަޖިލީހުން ޝަހީދުއަށް މިއަދު ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުން ނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޝަހީދު އައްޔަނުކުރުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދިޔަ ބަހުސްގައި ވެސް މެންބަރުން ދެއްކެވީ ޝަހީދުގެ ގާބިލުކަމުގެ ވާހަކަ އެވެ. އޭގެ ތެރޭގައި މި ފަހުން ސަރުކާރަށް ފާޑުކިއުއްވަމުން ގެންދަވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާންވެސް ހިމެނިވަޑައިގަންނަވަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލުމުން ޝަހީދާއެކު ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަތ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލު ރުޝްދުﷲ އިބްރާހީވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް ޖޭއެސްސީން ލަފާދިނީ ޝަހީދު އައްޔަނުކުރުމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސްނުއް ސުއޫދު މަގާމުން ސަސްޕެންޑްކޮށްފައި ހުންނަވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުން ނެވެ.
ސުއޫދާއެކު ސުޕްރީމް ކޯޓުގެ އެހެން ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރުވެސް ސަސްޕެންޑްކުރި އެވެ. އެ ދެ ފަނޑިޔާރުން އަދިވެސް ތިއްބެވީ ސަސްޕެންޝަނުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު