ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަންކަޕަށް ކޮލިފައިވުމަށް ފަރިތަ ކުރުމުގެގޮތުން ދިވެހި ގައުމީ ޓީމު މިއަދު އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އިންޑިއާ އިން ދިވެހިރާއްޖެ 3-0 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފްގައި އިންޑިއާ އިން ވަރަށް ރަނގަޅަށް ކުޅެ، ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކުރިއެވެ. އެގޮތުން އިންޑިއާ އިން ފުރަތަމަ ލަނޑު ޖެހީ 35 ވަނަ މިނެޓުގައި ބެންގަލޫރު އެފްސީގެ ޑިފެންޑަރު ރާހުލް ބެކޭއެވެ.
ފުރަތަމަ ހާފުގައި އިންޑިއާ އިން އިތުރު ގިނަ ހަމަލާތަކެއް ދިން ނަމަވެސް، އިތުރު ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނީ އިންޑިއާ 1-0 ގައި އޮވެގެނެވެ. ދެވަނަ ހާފުގައި އިންޑިއާ އިން އިތުރު ދެ ލަނޑު ޖެހިއެވެ. ލަނޑުތައް ޖެހީ 66 ވަނަ މިނެޓުގައި ލިސްޓަން ކޮލަކޯ އާއި 77 ވަނަ މިނެޓުގައި ސުނިލް ޗެތުރީއެވެ.
މިއީ ކުޅުމުން ރިޓަޔަރ ކޮށްފައި ހުރުމަށްފަހު ޗެތުރީ އަލުން ކުޅުމާ ގުޅުމަށްފަހު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗްގައި ޖެހި ގޯލަކީ 40 އަހަރުގެ ޗެތުރީ ގައުމީ ޓީމަށް ޖަހައިދިން 95 ވަނަ ގޯލެވެ.

ކިޔުންތެރިންގެ ހިޔާލު