މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ފިތުރު އީދުގައިވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން ބާއްވަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އީދު ސަލާން ކުރެއްވުން އޮންނާނީ އީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައި ކަމަށެވެ.
ރައީސް އޮފީހުން ބުނީ ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވަދެވޭނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށެވެ.
"ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވައެވެ." ރައީސް އޮފީހުން ބުންޏެވެ.
\
އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވެރިވުމަށް ރައީސްގެ ދެކަނބަލުން އެދިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު