ހިނގަމުންމިދާ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ބަރަކާތް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިގޮތަށް އިލްތިމާސް ކުރައްވާފައި ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައެއްގެ ހެޔޮ ދުއާ ތަހުނިޔާ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި މި ބަރަކާތްތެރި ރޭ ތަކުގެ ހެޔޮ ދަރުމަޔާއި ސަވާބު މާތް ﷲ އެންމެންނަށް ލެއްވުން އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުއާ ކުރައްވާފައެވެ.
އޭގެ އިތުރުން މި މައްސަރުގައި ލައްވާފައިވާ ބަރަކާތްތެރި ލައިލަތުލް ޤަދުރިވިލޭރޭގެ މަތިވެރި ނިޢުމަތް އެންމެންނަށް މިންވަރުކުރެއްވުން އެދިވެސް ރައީސްގެ ޕޯސްޓުގައި ވަނީ ދުއާކުރައްވާފައެވެ.
މި ދުވަސްތަކުގެ ސަވާބު ހޯދުމަށް ގަދައަޅާ މަސައްކަތްކުރަން ރައީސް އިލްތިމާސް ކުރެއްވިއިރު އެމަނިކުފާނުވަނީ ފަހު ދިހައެއްގައި ރޭއަޅުކަންތަކުގައި އުޅުމަށް މަގުފަހި ކޮށްދިނުމަށް ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވެސް ހަމަޖައްސަވައި ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު