ރައީސް މުއިއްޒު--
ރައީސް މުއިއްޒު--
ހާއްސަ އަޅާލުން ބޭނުންވާ ކޮންމެ ކުއްޖަކާ އާއިލާއަށް އަޅާލަން ސަރުކާރުން މަސައްކަތްކުރާނީ އަތުގުޅުވާލައިގެންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ޑައުންސިންޑްރޮމް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއް ކަމަށެވެ.

އަދި މުޖުތަމައުގެ ހާއްސަ އަޅައިލުމާއި ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާ އާއިލާއަކަށް ހޭހަންކޮށްދިނުމުގައި ވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ޑައުންސިންޑްރޮމްއަކީ ހަށިގަނޑުގައި އިތުރު ކްރޮމޮސޯމެއް ހުރުމުން ދިމާވާ ސިއްހީ ހާލަތެކެވެ. އެ ހާލަތު ހުންނަ ކުދިންގެ އެކި ސިއްހީ މައްސަލަތަކާއި އަދި ސިކުނޑީގެ މައްސަލަތައް ހުރެއެވެ.

ރާއްޖޭގައި ޑައުންސިންޑްރޮމް ހުންނަ މީހުންގެ ސީދާ އަދަދެއް ނޭނގެ އެވެ.

ނަަމަވެސް އަންދާޒާކުރެވިފައިވާ ގޮތުގައި އެ ހާލަތު ހުންނަ 100 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އުޅެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން