ދަރިފުޅަށް ނިދަން އުނދަގޫވަނީ މެގްނީޒިއަމް މަދު ވުމުން ކަމަށް ވެދާނެ، ގޫގުލް އިމޭޖެސް
ދަރިފުޅަށް ނިދަން އުނދަގޫވަނީ މެގްނީޒިއަމް މަދު ވުމުން ކަމަށް ވެދާނެ، ގޫގުލް އިމޭޖެސް
މެގްނީޒިއަމް އަކީ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. ކުޑަކުދިންހެ ހަށިގަނޑުގައި މި މާއްދާ މަދުނަމަ އެކުދިންގެ ހަށިގަނޑުގެ ތަފާތު މަސައްކަތްތަކަށް ބުރޫ އަރައެވެ. އެގޮތުން މިކަމުގެ ސަބަބުން އެކުދިންގެ ކަށިތަކަށާއި، ނާރުތަކުގެ ނިޒާމަށާއި، ހަކަތަ އުފެއްދުމާއި، މަސްކިއުލާ ކޯޑިނޭޝަން ފަދަ ކަންކަމަށް ބޮޑެތި އަސަރުތައް ކުރެއެވެ. ދަރިފުޅުގެ ހަށިގަނޑުގައި މެގްނީޒިއަމް މަދުވާނަމަ އެކަމުގެ އަލާމާތްތައް އެކުދިންގެ ކިބައިން ފެންނާނެ އެވެ.

އެގޮތުން ބަލާއިރު ފެންނަ އެންމެ ބޮޑު އެއް ކަމަކީ އެކުދިން މާ ބޮޑަށް ވަރުބަލިވުމެވެ. މެގްނީޒިއަމް އަކީ ހަށިގަނޑުގައި ހަކަތަ އުފައްދައި ދިނުމުގައި ބޮޑު ރޯލެއް އަދާކުރާ މާއްދާއެއް ކަމުން މި މާއްދާ މަދުވާނަމަ އޭގެ ސަބަބުން އެކުދިންގެ ހަށިގަނޑުގައި ހަކަތަ އުފައްދާ ވަރު މަދުވެއެވެ. އަދި އޭގެ ސަބަބުން އެކުދިން އާދަޔާ ހިލާފަށް ވަރުބަލިވެއެވެ.

ކުޑަކުދިންގެ ހަށިގަނޑުގައި މެގްނީޒިއަމް މަދުނަމަ ދެން ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެކަމުގެ ސަބަބުން އެކުދިންގެ ނިންޖަށް އަސަރު ކުރުމެވެ. މެގްނީޒިއަމްއަކީ ހަމަ ނިދި ހޯދުމަށްޓަކައި ވެސް މުހިންމު މާއްދާއެކެވެ. އެހެންވެ، ހަށިގަނޑަށް ބޭނުންވާ މިންވަރަށް މި މާއްދާ ނުލިބޭނަމަ އެކުދިންނަށް ނިދަން އުނދަގޫވެ، އެކުދިން ހަމަ ނިދިން މަހުރޫމް ވެއެވެ.

މީގެ އިތުރުން މާ ގިނައިން ބޮލުގައި ރިއްސުމަކީވެސް މި މާއްދާ މަދުވާނަމަ އެކުދިންނަށް ދިމާވެދާނެ މައްސަލައެކެވެ. މެގްނީޒިއަމް މަދުވާނަމަ އޭގެ ސަބަބުން ކުޑަކުދިންނަށް "ޓެންޝަން ހެޑޭކް" އާއި މައިގްރޭން ޖެހުމުގެ ފުރުސަތު އޮވެއެވެ.

މެގްނީޒިއަމް އަކީ ހަށިގަނޑަށް މުހިންމު މާއްދާއަކަށްވީއިރު، މި މާއްދާ އެކުލެވޭ ކާނާގެ ބާވަތްތައް ކުދިންނަށް ދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އަދި ދަރިފުޅުގެ ހަށިގަނޑުގައި މެގްނީޒިއަމް މަދު ކަމަށް ޝައްކު ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީވެސް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން