އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ މީހުން ސައިނަސް މައްސަލަތައް ތަހައްމަލު ކުރެއެވެ. ރޯގާ، އިންފެކްޝަން އަދި އެލާޖީތަކުގެ ސަބަބުން ސައިނަސް ކެވިޓީތައް ދުޅަވެ އޭގެ ސަބަބުން ދުވަހުގެ މަސައްކަތްތައް ކުރަން އުނދަގޫވާ ފަހަރުވެސް އާދެއެވެ. މިފަހަރު މި ހިމަނާލަނީ ސައިނަސް މައްސަލަތަކަށް އަަވަސް ހައްލެއް ހޯދުމަށް ކުރަންވީ ބައެއް ކަންކަމެވެ.
އާވި އެރުވުން
ސައިނަސް މައްސަލަތަކަށް އެންމެ އަވަސް ހައްލެއް ލިބޭނީ އާވި އެރުވުމުންނެވެ. އާވި އެރުވުމުން ނޭވާ ހޮޅި ތެތްވެ، މިކަމުގެ ސަބަބުން ނޭވާ ހޮޅީގައި ހުންނަ އަރިދަފުސް ފަސޭހަކަމާއެކު ބޭރުވެއެވެ. އަދި އޭގެ ސަބަބުން ސައިނަސްއަށް ބާރުކުރާ މިންވަރު ދައްވެ، މީހާއަށް ފަސޭހަވެއެވެ.
ހޫނުފެނުން ބޮނޑިތާން ކުރުން
ހޫނުފެނުން ބޮނޑިތާން ކުރުމަކީވެސް ސައިނަސް މައްސަލަތައް ހައްލު ކޮށްދޭ ކަމެކެވެ. ހޫނުފެނުން ބޮނޑިތާން ކުރުމުން އިންފްލެމޭޝަން ދައްކޮށްދީ، އޭގެ ސަަބަބުން ގައިގައި އަޅާ ވޭން ކުޑަވެއެވެ. އަދި ލޭ ދައުރުވުން ރަނގަޅުވެ ހަށިގަނޑުގައި ހުންނަަ އަރިދަފުސް ބޭރު ކުރުމަށް އެހީވެދެއެވެ.
ކުޅި އެއްޗެހި ކެއުން
ކުޅި ކާނާގެ ބާވަތްތައް ބޭނުން ކުރުމަކީވެސް ސައިނަސް މައްސަލަތައް ހައްލު ކޮށްދޭ ކަމެކެވެ. މި އެއްޗެހި ބޭނުން ކުރުމުން ނޭވާ ހޮޅިތައް ބޮޑަށް ހުޅުވި، އޭގެ ސަބަބުން އަރިދަފުސް ބޭރުވާ ވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން ސައިނަސް އަށް ބާރުކުޑަވެ، ހަށިގަނޑަށް ފަސޭހަވެއެވެ.

ކިޔުންތެރިންގެ ހިޔާލު