މެމްބަރު ހަސަން ޒަރީރު މަޖިލީހުގެ ޖަލްސާއެއްގައި
މެމްބަރު ހަސަން ޒަރީރު މަޖިލީހުގެ ޖަލްސާއެއްގައި
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މަައްސަަލައަށް ހަގީގީ މާނާގައި ހައްލު ގެނެސްދޭނީ މި ސަރުކާރުން ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ބޯހިޔާވަހިކަން ދިނުމުގައި މި ސަރުކާރުން އިހުލާސްތެރި ނޫންކަމަށް ބުނެ އިދިކޮޅުން ދައްކަމުންދާ ވާހަކަތަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ފްލެޓާއި ގޯތީގެ ލިސްޓު އޮޅުވާލީ މި ސަރުކާރުން ނޫން ކަމަށާއި އެކަން އެހެން ކޮށް، ސިޔާސީ މަންފާއަށް ފްލެޓާއި ގޯތި ދޫކުރީ ކުރީ ސަރުކާރުން ކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޒަރީރު ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަ ކުރަށްވާފައެވެ.

އެގޮތުން މިއަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއުތައް އެއްފަހަރާ ފެށިގެން ކުރިޔަށް ދާނެ އަހަރުކަމަށް ޒަރީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ބަޖެޓުގައި ވެސް ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދީފައިވާކަން ފާހަގަ ކުރައްވަމުން ޒަރީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ބޯހިޔާވަހިކަމަށް ބޭނުންވެ، އެކަން ނުލިބިވާ އެއްވެސް ރައްޔިތެއް ނުހުންނާނެކަމަށެވެ.

ޒަރީރު އިތުރަށް ވިދާޅުވީ ސަރުކާރުން އަލަށް ގެދޮރު އެޅުމަށް ދޫކުރާ ލޯނާ އެކު، މާލީ އެކި ސަބަބުތަކާއި ހުރެ ގެދޮރުގެ މަސައްކަތް ހުއްޓިފައިވާ އާއިލާތަކަށް އެހީ ލިބިގެންދާނެ ކަމަށެވެ.

އަދި ސޯޝަލް ހައުސިންގެ މަޝްރޫއުތައް އަތޮޅު ތެރޭގައި ކުރިޔަށް ގެންގޮސް، ބިމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކުގައި ބިން ހިއްކައި ގޯތި ދޫކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން