ރާއްޖޭގެ އިމިގްރޭޝަންއަށް 75 އަހަރު ފުރުމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިމިގްރޭޝަންގެ ހިދުމަތް ދޭންފަށާފައިވަނީ 24 މާރިޗު 1950 ގައެވެ.
އަދި މިއަދު އެ އިދާރާއަށް 75 އަހަރު ފުރުމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓު ވަނީ އެ އިދާރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ހިދުމަތްތެރީންނަށް މަރްޙަބާ ވިދާޅުވެ، ޝުކުރު ދަންނަވާފަ އެވެ.
އިމިގްރޭޝަނަށް 75 އަަހަރު ފުރުން ފާހަގަކުރުމަށް އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެ އިދާރާއިން ވަނީ ނިންމަވާފައެވެ.
އޭގެ ތެރޭގައި ރަސްމީ ޖަލްސާއެއް ބޭއްވުމާއި، ފަންފެއަރ، ޗެރިޓީ ރަން، އަދި ކުޑަކުދިންގެ ހަވީރީ ކުއިޒް އެއް ކުރިއަށްގެންދިއުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު