މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ޑިރެކްޓަރ ޖެނެރަލް ގެ މަގާމަށް އަހްމަދު މައުސޫމް އައްޔަނުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ މައުސޫމް އެ މަގާމަށް އައްޔަނުކުރީ މިއަދު ކަމަށެވެ.
މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން މައުސޫމް ވަނީ އައިޖީއެމްއެޗުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
އެ އިދާރާއަށް ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަކާއި ޑިރެކްޓަރ އެއްގެ މަގާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެ އިދާރާއަށް މިވަގުތަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށް މިއަދު އިއުލާންކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި އެ އިދާރާއަށް ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖައްސާނެ ކަމަސް ހެލްތު މިނިސްޓްރީން ބުންޏެވެ.
ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާއާއި ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު