ބަންގްލަދޭޝްގެ 7 ކޮލެޖަކުން ދިވެހިންނަށް މިހާރު މެޑިސިން އިންޓާންޝިޕް ހެދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު އިތުރު 5 ކޮލެޖަކުން އިންޓާންޝިޕް ހެދުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ ކުރިން ދިވެހިންނަށް އިންޓާންޝިޕް ފުރިހަމަ ކުރެވެނީ ބަންގްލަދޭޝްގެ ދެ ކޮލެޖަކުންނެވެ.
މިހާރު އެގައުމުގައި ކިޔަވަމުންދާ ދިވެހިންނަށް މެޑިކަލް އިންޓާންޝިޕް ހެދޭ ކޮލެޖުތަކުގެ ތެރޭގައި، ޗިޓަގޮންގް މެޑިކަލް ކޮލެޖު، ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖު، ސެލެޓް މެގް އުސްމާނީ މެޑިކަލް ކޮލެޖު، މައިމަސިންގ މެޑިކަލް ކޮލެޖު، ރާޖްޝާނީ މެޑިކަލް ކޮލެޖު، ޝަހީދު ޒިޔައު ރަޙްމާން މެޑިކަލް ކޮލެޖު އަދި ކޮކްސް ބާޒާރު މެޑިކަލް ކޮލެޖު ހިމެނެއެވެ.
މިނިސްޓްރީން ބުނީ މި ކޮލެޖުތަކަކީ ރާއްޖެއާއި ބަންގްލަދޭޝްގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ކޮލެޖްތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު