ހަޔާތުގެ ބައިވެރިޔާއާ ދެމީހުން ކިތައްމެ ލޯބިން އުޅުނު ކަމުގައި ވީނަމަވެސް ބައެއް ހާލަތްތަކުގައި ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ދެމީހުން އެކުގަައި ކިތައްމެ ލޯބިން އުޅުނުނަމަވެސް، އެކި ކަންކަމާމެދު ހިޔާލު ތަފާތުވާ ފަހަރުވެސް އަންނާނެއެވެ. ކަންކަމާ ދެބަސްވާ ފަހަރުވެސް އަންނާނެއެވެ. މިފަހަރު މި ހިމަނާލަނީ ބައިވެރިޔާއާ ދެމެދު ޖެހޭ މައްސަލަތަކާ ކުރިމަތިލާނެ ބައެއް ގޮތްތަކެވެ.
ރުޅި އައިސްގެން ވާހަކަ ނުދެއްކުން
ބައިވެރިޔާއާ ދެމެދު މައްސަލައެއް ޖެހިފައިވާނަމަ ރުޅި އައިސްގެން ތިބޭ ވަގުތު ވާހަކަ ނުދައްކާ މަޑުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ރުޅީގައި ބުނެވޭ އެއްޗެހީގެ ސަބަބުން ފަހުން މީހާ ދެރަވާން ޖެހިދާނެތީއެވެ. އޭގެ ބަދަލުގައި ކަންތައްތައް ހަމައަކަށް އެޅުމުން ވާހަކަ ދެއްކުމުން، ހަޑިހުތުރު ބަސްތައް ބޭނުންކުރުމާއި އެކަކު އަނެކަކަށް ހިތްހަމަނުޖެހޭ ގޮތަށް ވާހަކަދެއްކުން ހުއްޓުވޭނެއެވެ.
ހައްލު ހޯދުމަށް އަމާޒު ކުރުން
ބައިވެރިޔާ އާ ދެމެދު މައްސަލަ ޖެހުމުން އެ މައްސަލައެއްގެ ހައްލު ހޯދުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން މައްސަލައިގެ މައްޗަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ހައްލު ހޯދުމަށް އަމާޒުކުރަން ޖެހެއެވެ. އަދި ދެމީހުންވެސް ގުޅިގެން މިކަމާމެދު ފުންކޮށް ވިސްނައި މަޝްވަރާ ކުރަން ޖެހެއެވެ.
އެކަކު އަނެކެއްގެ ހިޔާލުތަކަށް އިހްތިރާމް ކުރުން
ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކޮންމެ މީހެއްގެ މިޒާޖާއި ހިޔާލުތައްވެސް ތަފާތުވާނެއެވެ. ބައިވެރިޔާއާ ދެމެދު މައްސަލަ ޖެހޭ ހިނދު މިކަން ހަނދާން ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި އެކަކު އަނެކެއްގެ ހިޔާލާއި ޝުއޫރުތަކަށް އިހްތިރާމް ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަވެ، މައްސަލަތައް ހައްލު ކުރަން ފަސޭހަ ވެގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު