މަރްޔަމް ނަހްދާ ވަޙީދު   26 މާރިޗު 2025 - 3:45
ގަޑިޖެހިގެން ވަޒީފާއަށް ދާނަމަ ވަޒީފާ ގެއްލޭ، ގޫގުލް އިމޭޖެސް
ގަޑިޖެހިގެން ވަޒީފާއަށް ދާނަމަ ވަޒީފާ ގެއްލޭ، ގޫގުލް އިމޭޖެސް
ވަޒީފާގެ މާހައުލުގައި އުޅެން ޖެހޭނީ ވަރަށް އަދަބުވެރިކަމާއެކުއެވެ. މަސައްކަތްތައް ނިންމަން ޖެހޭނީ ވަރަށްވެސް އިހްލާސްތެރިކަމާއެކެގައެވެ. އަދި އެ ތަނެއްގައި އުޅޭ އެންމެނާ ގުޅިގެން އުޅުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ބައެއް ފަހަރު މީހާގެ އާދަތައް ބައްޓަންވެފައިވާ ގޮތުގެ ސަބަބުން ވަޒީފާ ގެއްލޭ ގޮތް ވެއެވެ.

އެގޮތުން ބަލާއިރު ވަޒީފާ ގެއްލުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ވަޒީފާއަށް ގަޑި ޖެހިގެން ދިއުމެވެ. ވަޒީފާއަށް ގަޑިޖެހިގެން ދާނަމަ މަސައްކަތުގެ އަހްލާގާއި މީހާގެ "ޕްރޮފެޝަނަލިޒަމް" އަށް އަސަރު ކުރާނެއެވެ. އެހެންވެ، ގަވާއިދުން ގަޑިއަށް ފަރުވާތެރިވެ ތިބެ ވަޒީފާއަށް ދިއުމަކީ މުހިންމު ކަމެކެވެ. އަދި ނުދެވޭނަމަ ކުރިއާލާ އެންގުމަކީވެސް މުހިންމު ކަމެކެވެ.

ވަޒީފާގެ ވަގުތުތައް ބޭކާރު ކުރުމަކީވެސް ބައެއް މީހުން ވަޒީފާއިން ވަކިކުރަން ޖެހޭ ސަބަބެބެކެވެ. ވަޒީފާގައި ހުންނައިރު ގިނަ ވަގުތު ސޯޝަލް މީޑިއާގައި ހޭދަކުރުމާއި، އަމިއްލަ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ވަރަށް ނުބައި އާދައެކެވެ. މިކަމުގެ ސަބަބުން އެމީހެއްގެ މަސައްކަތުގެ ފެންވަރަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ. އެހެންވެ، ވަޒީފާގެ ވަގުތު ހަމައެކަނި މަސައްކަތަށް ހާއްސަކުރުމަކީ މުހިންމު ކަމެކެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލުގައި މާ ބޮޑަށް ޝަކުވާ ކުރުމަކީވެސް ވަޒީފާ ގެއްލުމަށް މެދުވެރިވާ ސަބަބެކެވެ. މިކަމުގެ ސަބަބުން އެމީހެއްގެ އަމިއްލަ ނަފްސަށާއި އެހެން މުވައްޒަފުންނަށް ނޭދެވޭ އަސަރު ކުރާނެއެވެ. މީގެ ބަދަލުގައި އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.

މި އާދަތަކަކީ ވަޒީފާއެއްގައި އުޅޭ މީހެއްގެ ކިބައިގައި ހުރެގެންވާނެ އާދަތަކެއް ނޫނެވެ. މިފަދަ އާދަތަކާ ދުރުހެލިވެ، ރަނގަޅު އާދަތައް އަށަގެންނެވުމަކީ ލިބިފައިވާ ވަޒީފާ ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން