ޗުއިންގަމް ކަނީ، ގޫގުލް އިމޭޖެސް
ޗުއިންގަމް ކަނީ، ގޫގުލް އިމޭޖެސް
މައިކްރޯޕްލާސްޓިކަކީ ވަރަށް ކުދިކުދި، ލޮލަށް ނުފެންނަ ޒާތުގެ ޕްލާސްޓިކަށް ވީނަމަވެސް، މި އެއްޗެހީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ވަރަށް ގެއްލުން ވެއެވެ. އަދި މިކަން މިހެން އޮތްއިރު ތަފާތު އެކި ގޮތްގޮތުން އިންސާނާގެ ހަށިގަނޑަށް މައިކްރޯޕްލާސްޓިކު އެތެރެވެއެވެ.

އެގޮތުން ޗުއިންގަމް ކެއުމުން ހަށިގަނޑަށް މައިކްރޯޕްލާސްޓިކު އެތެރެވާކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން މިވަނީ ހޯދިފައެވެ. ޔޫސީއެލްއޭގެ ދިރާސާވެރިން ހެދި މި ދިރާސާއިން ދައްކާ ގޮތުގައި ޗުވިންގަމްގައި ކުދިކުދި މައިކްރޯޕްލާސްޓިކުތައް އެކުލެވެއެވެ. އެހެންވެ، ޗުވިންގަމް ކެއުމުން އޭގައި ހިމެނޭ މައިކްރޯ ޕްލާސްޓިކުތައް އިންސާނާގެ ހަށިގަނޑަށް ވަންނަ ކަމަށް ދިރާސާއިން ވަނީ ހޯދިފައެވެ.

ދިރާސާވެރިން ބުނެފައިވަނީ ކޮންމެ ފަހަރަކު ޗުވިންގަމެއް ކެއުމުން، އޭގައި އެކުލެވޭ މައިކްރޯޕްލާސްޓިކުގެ ތެރެއިން 5 އިންސައްތައާއި 13 އިންސައްތައާއި ދެމެދުގެ އަދަދެއް މީހާގެ ހަށިގަނޑަށް އެތެރެވާކަމަށެވެ.

ނެޗުރަލް އަދި ސިންތެޓިކު ޗުވިންގަމުގައިވެސް މައިކްރޯޕްލާސްޓިކު ހުންނަނީ އެއްވަރަކަށް ކަމަށްވެސް މި ދިރާސާއިން ވަނީ ހޯދިފައެވެ. މިއީ ވަރަށް ނުރައްކާތެެރި ކަމެއް ކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ.

މިގޮތަށް ހަަށިގަނޑަށް އެތެރެވާ މައިކްރޯޕްލާސްޓިކުގެ ސަބަބުން ހަށިގަނޑަށް ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެއެވެ. އެގޮތުން ދިމާވާ ބައެއް މައްސަަލަތަކުގެ ތެރޭގައި ހަަށިގަނޑު އިންފްލޭމް ވުމާއި، ހަށިގަނޑުގެ ސެލްތައް ހަލާކުވުމާއި، ގުނަވަންތަކުގެ މަސައްކަތްތަކަށް ބުރޫ އެރުމުގެ އިތުރުން ދިފާއީ ނިޒާމަށް ނޭދެވޭ އަސަރު ކުރުންވެސް ހިމެނެއެވެ.

އަދި ބައެއް ހާލަތުގައި ހިތުގެ ބަލިތަކާއި، ސްޓްރޯކުގެ އިތުރުން ކެންސަރުބަލި ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައްވެސް މައިކްރޯޕްލާސްޓިކުގެ ސަބަބުން ދިމާވެއެވެ.

ޗުއިންގަމް ކެއުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމަކަށްވީނަމަވެސް މިއީ ރަނގަޅު ކަމެއް ނޫނެވެ. ޗުއިންގަމް ކެއުމުން މީހާއަށް ހިތްހަމަ ޖެހުން ލިބުނު ކަމުގައި ވީނަމަވެސް، އޭގެ ސަބަބުން ހަށިގަނޑަށް މައިކްރޯޕްލާސްޓިކް ވަދެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެހެންކަމުން ޗުއިންގަމް ބޭނުން ކުރާ ވަރު މަދު ކޮށްލަން ނުވަތަ އެއްްކޮށް ހުއްޓާލަން ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން