ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ހާއްސަ ޕޮޑްކާސްޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިފި އެވެ.
"ރައްޔިތުންނާ އެކު" ނަމުގައި ކުރިއަށް ގެންދާ އެ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 01:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންނާއި މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައްކާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ ކުރިން މީސްމީޑިއާގައ އެކި މީހުން ވީޑިއޯތައް މެދުވެރިކޮށް ރައީސް މުއިއްޒުއާ ކުރެއްވެވި ސުވާލުތަކަށް އެމަނިކުފާނު ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވައިފައި ވެއެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެންމެ އިސްކަންދެއްވާ އެއް ސިޔާސަތަކީ ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުން ކަމަށެވެ،
"ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ސީދާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި، ހާލު ބައްލަވައި، ކަންކަން ހައްލުކޮށްދެވޭނޭ ފަދައިން ސިޔާސަތުތައް ބައްޓަންކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ." ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރި ލިޔުމެއްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު