ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ބިދޭސީންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ނެގި ކަމުގެ ތުހުމަތުގައި ޝަމްއާން ހައްޔަކުރުމުމަށް ފަހު މި މަހުގެ 20 ވަނަ ދުވަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފަ އެވެ.
ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާގޮތުގައި ޝަމްއާން އިއްޔެ ވަނީ އޭނާ ބަންދުކުރި މައްސަަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެހެން ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު އިމިގްޜޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންތަކެއް ގެންދިޔައިރު އޭގެތެރެއިން އެކަކު 530،000 ރުފިޔާއާއެކު ދޫކޮށްލީ ޝަމްއާންގެ އަމުރަށެވެ.
އެ މައްސަލަ ފުލުހުން ބަލަމުންދާ އިރު ޝަމްއާންގެ އާއިލާގެ މީހެއްގެ ފޯނުވެސް ވަނީ ހިފަހައްޓައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު