ކޮންމެ މީހަކުވެސް ކައިވެނި ކުރަނީ ބައިވެރިޔާއާއެކު މުޅި ހަޔާތް ވޭތު ކުރުމަށްޓަކައެވެ. ނަމަވެސް، ބައެއް ފަހަރު އެކި ސަބަބުތަކާހުރެ ދެމަފިރިންގެ ދެމެދުގައިވާ ގުޅުމަށް ނޭދެވޭ އަސަރު ކުރެއެވެ. އަދި ދެމަފިރިންގެ ދެމެދުގައިވާ ގުޅުން ހީނަރުވެ، ކައިވެނި ރޫޅާލަން ޖެހޭ ފަހަރުވެސް އާދެއެވެ.
މިފަހަރު މި ހިމަނާލަނީ ކައިވެނި ރޫޅާލަން ޖެހޭ ބައެއް ސަބަބުތަކެވެ.
ވަގުތު ނުދިނުން
ކައިވެނި ކުރުމަށްފަހު ބައިވެރިޔާއަށް ވަގުތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައިވެރިޔާއާއެކު ފެންވަރު ރަނގަޅު ވަގުތު ހޭދަނުކުރުމަކީ ކައިވެނީގެ ގުޅުން ހީނަރުކޮށްލާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ދެމެފިރިންގެ ދެމެދުގައި މައްސަލަތައްވެސް ގިނަވެއެވެ. އަދި މައްސަލަތައް ހައްލު ކުރަން އުނދަގޫވެ ވަރިފަށަށްވެސް އަރައެވެ.
މާޒީގައިވެފައިވާ ކަންތައް ދޫނުކުރުން
މާޒީގައި ހިނގާފައިވާ ނޭދެވޭ ކަންތައްތައް ދޫނުކޮށް ހިފެހެއްޓުމަކީ ކައިވެނީގެ ގުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. މިކަމުގެ ސަަބަބުން ނޭދެވޭ އަރައިރުންތައް ގިނަވެ، ދެމީހުން އެކަކު އަނެކެއްގެ މަތިން ފޫހިވެއެވެ. އަދި މިކަމުގެ ސަބަބުންވެސް ކައިވެނި ރޫޅާލަން ޖެހެއެވެ.
އަބަދު ފާޑުކިޔުން
ކައިވެނި ކޮށްގެން އުޅޭ ދެމެފިރިން އެކަކު އަނެކަކާ ގުޅޭ ކޮންމެ ކަމެއްގަައި ފާޑުކިޔުމަކީ ވަރަށް ނޭދެވޭ އާދައެކެވެ. މިކަމުގެ ސަބަބުން ގުޅުން ހީނަރުވެ، އިތުބާރު ގެއްލި، ދެމަފިރިންގެ ދެމެދުގައި ރުޅިވެރިކަން އިތުރުވެއެވެ. އަދި މިކަމުގެ ސަބަބުން ވެސް މައްސަލަތައް ގޯސްވެ، ކައިވެނި ރޫޅާލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު