ރައީސް މުއިއްޒު އިސްލާމިކް މިނިސްޓަރާއެކު--
ރައީސް މުއިއްޒު އިސްލާމިކް މިނިސްޓަރާއެކު--
އިސްލާމީ ޝަރީއަތާ އެއްގޮތަށް ސްޓޫޑަންޓް ލޯން ދޫކުރަން ނިންމުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތައުރީފް ކުރައްވައިފި އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ލޯނު ދޫކުރާއިރު ލޯނާއެކު އިދާރީ ފީގެ ގޮތުގައި އެއް ޕަސެންޓް ފީއެއް ނަގައެވެ.

އެހެން ނަމަވެސް ރައީސް މުއިއްޒު ރޭ ވިދާޅުވީ އިދާރީ ފީގެ ގޮތުގައި ނަގާ އަދަދު އެއްކޮށް އުނިކޮށް، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރާ ގޮތަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ރޭ އެކްސްގައި ވަނީ ޝަރީއަތާ އެއްގޮތަށް ސްޓޫޑަންޓް ލޯނު ދޫކުރަން ރައީސް ނިންމެވި ނިންމެވުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ޒަމާން ތަކެއް ވަންދެން ހައްލުނުވެ އޮތް މި މައްސަލައަށް ހައްލެއް ލިބިގެން ދިޔަކަމީ ވަރަށް ހެޔޮ ނިންމެވުމެއް،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

ރައީސްގެ ނިންމެވުމާއެކު ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާއިންވެސް، އިދާރީ ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރަން ވަނީ އަންގައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން