މީހާ މާ ބޮޑްށް ބަރުވެ، ހަށިގަނޑުގެ ބައްޓަމަށް ބަދަލު އައުމަކީ އެކަމުގެ ސަބަބުން އެމީހެއްގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލޭ ކަމެކެވެ. މިކަމުގެ ސަބަބުން އެމީހަކަށް ތަފާތު އެކިކަހަލަ ސިއްހީ މައްސަލަތައް ދިމާވެ، ނަފްސާނީ ގޮތުންވެސް މީހާއަށް ގެއްލުންތައް ލިބެއެވެ. އެހެންވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އަނބުރާ ގެނެސް، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަަކައި ބަރުދަން ލުއިކުރަން މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.
މިފަހަރު މި ހިމަނާލަނީ ޖިމަށް ނުގޮސް ބަރުދަން ލުއި ކުރެވޭނެ ބައެއް ގޮތްތަކެވެ.
ގިނައިން ތެދުވެ ހުރުން
ބަރުދަން ލުއިކުރަން ބޭނުންވާނަމަ އިށީނދެ އިނުމަށްވުރެ ގިނައިން ތެދުވެ ކޮޅަށް ހުރުމަކީ މުހިންމު ކަމެކެވެ. އަބަދު އިށީނދެ އިންނަނަމަ މީހާ މާ ބޮޑަށް ކަންނެތްވެ، ހެލިފެލިވެ އުޅެވޭ ވަރު މަދުވެއެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑުގައި ސަރުބީ ޖަހާވަރު އިތުރުވެއެވެ. ނަމަވެސް، ގިނަވަގުތު ކޮޅަށް ހުންނަ ނަމަ ހެލިފެލިވެ އުޅެވޭ ވަރު އިތުރުވެ، އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީ ފަސޭހަކަމާއެކު ވިރެއެވެ.
ކާވަރު ކޮންޓްރޯލު ކުރުން
ބަރުދަން ލުއިކުރަން ބޭނުންވާނަމަ އެއްޗެހި ކާވަރު ކޮންޓްރޯލު ކުރުމަކީވެސް މުހިންމު ކަމެކެވެ. ކޮންމެ ކަހަކަ ކާއެއްޗަކަށްވީނަމަވެސް، ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކާނަމަ އޭގެ ސަބަބުން މީހާގެ ބަރުދަން އިތުރުވެއެވެ. އެއީ ފައިދާހުރި އެއްޗަކަށްވީނަމަވެސް، މާ ގިނައިން ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެންވެ، ކާ ގަޑިތަކުގައި "ޕޯޝަން" ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. މިހެން ހެދުމުން ފަސޭހަކަމާއެެކު ބަރުދަން ލުއި ކުރެވޭނެއެވެ.
ކެފެއިން ބޭނުން ކުރާވަރު މަދު ކުރުން
ބަރުދަން ލުއި ކުރަން ބޭނުންވާނަމަ ކެފެއިން ބޭނުން ކުރާވަރު މަދު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކެފެއިން ބޭނުން ކުރުމުން މީހާގެ މޫޑު ރަނގަޅުވީނަމަވެސް، މާ ގިނައިން ކެފެއިން ބޭނުން ކުރާނަމަ އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ކޯޓިސޮލް ލެވެލްތައް މަތިވެއެވެ. އަދި މިކަމުގެ ސަބަބުން މީހާ މާ ބޮޑަށް ސްޓްރެސްވެ، ނިންޖަށްވެސް އަސަރު ކުރެއެވެ. އެހެންވެ، ބަރުދަން ލުއިކުރަން ބޭނުންވާނަމަ ކެފެއިން ބޭނުން ކުރާ ވަރު މަދު ކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު