ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގައުމީ ހިދުމަތުގައި ރެޔާއި ދުވާލު ދިވެހި ފުލުހުން ޒިންމާދާރުކަމާއެކު ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާކަމަށެވެ.
އަދި ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ފުލުހުންނަށާއި އާއިލާތަކަށް ރައީސް ވަނީ ވިދާޅުވެފަައެވެ.
ރާއްޖޭގައި ފުލުހުންގެ ހިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1933 ވަނަ އަހަރުއެވެ.
ސަރުކާރުން ދަނީ ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެތައް ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ދަނީ ކުރަމުންނެވެ، އަދި ފުލުހުންގެ ގާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން، އެ އިދާރާއަށް ބޭނުންވާ ފަންނީ އަދި ތައުލީމީ ވަސީލަތްތައް އިތުރުކުރުމުގެ ގިނަ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.

— Dr Mohamed Muizzu (@MMuizzu) March 29, 2025

ކިޔުންތެރިންގެ ހިޔާލު