ގައުމަށް ހިދުމަތް ކޮށްދިނުމުގައި ފުލުހުން މިހާތަނަށް ވޭތުކުރި ކޮންމެ ދުވަހަކުވެސް ހަވާލުވެފައިވާ މަސްއޫލިއްޔަތާއި ޒިންމާ އަދާ ކުރުމުގައި ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
އެގޮތުން އެ ހިތާބުގައި ރައީސް ވިދާޅުވީ މީގެ 92 އަހަރު ކުރިން، 1933 ވަނަ އަހަރުގެ 29 މާރޗު ގައި ޤާނޫނަކުން ބާރު ލިބިގެން ފުލުހުންގެ ޚިދުމަތް ރާއްޖޭގައި ޤާއިމުވުމުގެ ކުރީންވެސް، އަމަން ބެލެހެއްޓުމާއި، ކުށް ކުރުން މަދުކޮށް، އުސޫލުތަކާ ޚިލާފުވުން ހުއްޓުވުމަށް ވެރިކަމުގެ ފަރާތުން ކަނޑައަޅާފައިވާ ބަޔަކު ރާއްޖޭގައި އަބަދުވެސް ތިބިކަން ދިވެހި ތާރީޚުގެ ފަތްފުށްތަކުން ކަށަވަރުވާ ކަމަށެވެ.
އެހެންކަމުން، މިނިވަންކަމާއެކު ދިވެހި ވެރިކަން ދެމިއޮތް ކޮންމެ ޒަމާނަކުވެސް ކޮންމެވެސް ސިފައެއްގައި ފުލުހުންގެ ފަރާތުން މި ދޭ ޚިދުމަތްތައް، ޤައުމަށާއި ރައްޔިތުންނަށް ކެނޑިނޭޅި ލިބެމުން ދިޔަކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚިދުމަތުގެ ޙަޔާތުގައި ދިވެހި ފުލުހުން މިހާތަނަށް ވޭތުކުރި ކޮންމެ ދުވަހަކުވެސް، ހަވާލުވެފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ ކަމަށެވެ. އަދި ޚުޠޫރަތްތެރި އެތައް ވަގުތުތަކާ ފުލުހުން ކުރިމަތިލާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ފުލުހުންނަށް ލިބިފައިވާ ތަމްރީނާއި ތަޖުރިބާގެ ބޭނުން ހިފައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކޮށްދިނުމުގައި އާއި އަމާންކަން ޤާއިމުކޮށްދިނުމުގައި ފުލުހުން ބޮޑެތި އެތައް ކާމިޔާބީތަކެއް ހޯދާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކުށުގެ ވެށީން މުޖުތަމަޢު ސަލާމަތްކޮށްދިނުމުގައިވެސް ފުލުހުން ބޮޑެތޮ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ވާޖިބު އަދާކުރުމުގައި ފުލުހުން އަބަދުވެސް ދެމިތިބެނީ ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އިސްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކިތައްމެ ގިނަ ވަގުތެއް މަސައްކަތުގައި ހޭދަކުރަން ހާލަތު މެދުވެރި ކުރި ނަމަވެސް، ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް ފަސްޖެހުމެއްނެތި ފުލުހުން ވާޖިބު އަދާ ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފާއިތުވެދިޔަ 92 އަހަރުގައި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވި ބޭކަލުންގެ އަގުހުރި ހިދުމަތްތަކަށް ރައީސް ވަނީ ޝުކުރުވެރި ވެފައެވެ. އަދި ފުލުހުންގެ ޤައުމީ ވާޖިބު އަދާކުރުމުގައި ދެމިތިއްބަވަނިކޮށް ޝަހީދުވީ، އަދި ދުނިޔެ ދޫކުރެއްވި ނަމޫނާ ޝަޚްޞިއްޔަތުތަކުގެ ހަނދާން އައުކޮށް ރައީސް ވަނީ ހެޔޮދުއާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު