ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢު (ފޮޓޯ: ސޯޝަލް މީޑިއާ)
ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢު (ފޮޓޯ: ސޯޝަލް މީޑިއާ)
ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %87 ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފެން ހިންދުންމަށްޓަކައި ޕަމްޕް ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.

މި މަޝްރޫޢުގެ ދަށުން، 22،942 ސްކުއެއަރ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމެއް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ހިމެނިފައިވެއެވެ.

34.4 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޭޕްރިލް 2019 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން