ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މިގައުމަށް އެންމެ އަމާނާތްތެރި ރައީސް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްފޫޕުގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އީދުގެ މުނާސަބާގައި ސަރުކާރުން ހިންގި ހަރަކާތްތަކަށް ލިބުނު ތަރުހީބާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ރައީސްގެ ދެކަނބަލުންގެ އީދު ސަލާމާއި އީދު ހަވީރުން ވަރަށް ގިނަ ވާހަކަތަކެއް ބުނެދީފައިވާ ކަމަށެވެ.
ފަލާހު ވިދާޅުވީ މި ގައުމުގެ ވީރާނާވެ ގެއްލިފައިވާ އިޖްތިމާއީ އެއްބައިވަންތަކަމާއި ގައުމީ ލޯބި އަނބުރާ ގެނެސްދެވޭނެ ރައީސަކީ ރައީސް މުއިއްޒުކަން މިއަދު ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
އަދި އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްޔިތުން "ސަޅި" ޖަވާބެއް ދީފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ މި ގައުމު ދެކޭނެ މި ގައުމަށް އެންމެ އަމާނާތްތެރި އެންމެ އޯގާތެރި ރައީސަކީ ރައީސް މުއިއްޒު ކަމަށެވެ.
ފަލާހު މިހެން ވިދާޅުވެފައިވާއިރު ފިތުރު އީދުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ވިދާޅުވެ ސަލާމް ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރިއެވެ. އޭގެ ތެރޭގައި މިނިސްޓަރުންނާއި، ސަރުކާރުގެ އިސް ފަރާތްތަކާއި، މަޖިލީސް މެމްބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ ވެރިންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހިމެނެއެވެ.
މީގެ އިތުރުން "ޢީދު ހަވީރު" ގެ ނަމުގައި ސަރުކާރުން އިސްނަގައިގެން ބޭއްވި ކުޑަކުދިންގެ ހަވީރަށްވެސް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.

ޢިއްޒައިތްތެރި ރަޢީސްގެ ދެކަނބަލުންގެ ޢީދު ސަލާމާއި ޢީދުހަވީރުން ވަރައްގިނަ ވާހަކަ މިއަދު ބުނެދީފި ދިވެހި ރައްޔިތުންގެ ރަޢީސް އަކީ ރަޢީސް މުޢިއްޒު ދިވެހި ޤަޢުމުގެ ވީރާނާވެ ގެއްލިފައިވާ ޢިޖުތިމާޢީ އެއްބައިވަންތަކަމާއި ޤައުމީ ލޯބި މިޤައުމަށް އަނބުރާގެނެސް ދެވޭނެ ވެރިޔަކީ ރަޢީސް… pic.twitter.com/YHhYXpE88G
— Ibrahim Falah (@IbrahimFalahR) March 30, 2025
ފަލާހު މިހެން ވިދާޅުވެފައިވާއިރު ފިތުރު އީދުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ވިދާޅުވެ ސަލާމް ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރިއެވެ. އޭގެ ތެރޭގައި މިނިސްޓަރުންނާއި، ސަރުކާރުގެ އިސް ފަރާތްތަކާއި، މަޖިލީސް މެމްބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ ވެރިންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހިމެނެއެވެ.
މީގެ އިތުރުން "ޢީދު ހަވީރު" ގެ ނަމުގައި ސަރުކާރުން އިސްނަގައިގެން ބޭއްވި ކުޑަކުދިންގެ ހަވީރަށްވެސް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު