އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ފިތުރު އީދު ފާހަގަ ކުރުމުގެ ހަރަކާތްތައް ފަށައިފިއެވެ.
ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ، ސޯސަން ވިލާގައި މިއަދު އީދުގެ ހަރަކާތްތައް ފެށީ ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުންނެވެ. މިއަދު ހެެނދުނު 7:30 ގައި ބޭއްވި އީދު ނަމާދުގައި ލަންކާގައި ދިރިއުޅޭ ދެޖިންސްގެ، އެކި އުމުރުފުރައިގެ ގިނަ ބަޔަކު ބައިވެރިވި އެވެ.
ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދަށް ފަހު އީދު ސައި ވެސް ވަނީ ބާއްވާފައެވެ. މި ސައިގައި ވެސް ދެޖިންސުގެ ކުދި ބޮޑު، ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.
އޭގެ އިތުރުންވެސް އީދު ފާހަގަ ކުރުމަށް މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއްވެސް ސޯސަން ވިލާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުޑަކުދިންނާ ގުޅޭ މުނިފޫހި ފިލުވުމާއި ކުޅިވަރުގެ ގިނަ ހަރަކާތްތަކާއެކު ރޭވިފައިވާ މި ކުޑަކުދިންގެ ހަވީރު ކުރިއަށް ދާނީ ހަވީރު ހަތަރަކުން ހަޔަކަށެވެ. މި ހަވީރުގައި ބައިވެރިވުމަށް ލަންކާގައި މިވަގުތު ދިރިއުޅޭ ޢާއިލާތަކާއި އެގައުމުގައި މިވަތު ތިބި އެންމެހާ ދިވެހި ރައްޔިތުންނަށް ވަނީ ދައުވަތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު