އިޓަލީގެ ’ޑިމޮގްރަފިކް ކްރައިސިސް‘ 2024 ވަނަ އަހަރު ވަރަށް ބޮޑަށް ދަށަށް ދިއުމާއެކު އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެއްޖެއެވެ.
އާބާދީ ދައްވުމުގެ މައްސަލައާ ގުޅިގެން އިޓަލީގައި ހެދި އާ ދިރާސާއަކުން ދައްކާ ގޮތުގައި ވިހެއުމުގެ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސް މިހާރު ވަނީ އާ ރެކޯޑެއްވެސް ގާއިމުކޮށްފައެވެ.
ވިހެއުމުގެ ނިސްބަތް ދަށަށް ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެގައުމުގެ ރައްޔިތުން ހިޖުރަކުރުން ގިނަވުން ކަމަށް ގައުމީ ތަފާސްހިސާބު ބިއުރޯ އިސްޓާޓް އިން ހޯމަ ދުވަހު ވަނީ ބުނެފަ އެވެ. އަދި އޭގެ ސަބަބުން އެގައުމުގެ އާބާދީ ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިންގެ މަގުބޫލު މަންޒިލެއް ކަމަށްވާ އިޓަލީގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވަމުންދާތީ އެކަމަކީ ގައުމީ ކުއްލި ހާލަތެއްގެ ގޮތުގައި އެގައުމުން ދަނީ ބަލަމުންނެވެ. އެގައުމުގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ އާއި އޭނާގެ ސަރުކާރުން އެކަމަށް އިސްކަން ދިނުމަށް ވައުދުވި ނަމަވެސް މިހާތަނަށް އެކަމަށް އެއްވެސް ހައްލެއް ހޯދިފައި ނުވާއިރު އުފަންވާ މިންވަރު ދަށްވުން ހުއްޓުވޭ ގޮތެއްވެސް ހޯދިފައެއް އަދި ނުވެ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ’އުފަންވާ‘ ކުދިންނަށް ވުރެ 281،000 އެއްހާ މީހުން އެގައުމުން ވަނީ މަރުވެފައެވެ. 2014 ވަނަ އަހަރުން ފެށިގެން އިޓަލީގެ އާބާދީ ގާތްގަނޑަކަށް 1.9 މިލިއަން މަދުވެފައިވާއިރު، މިއީ އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މިލާންގެ އާބާދީއަށްވުރެ އިތުރު އަދަދެކެވެ.
2024 ވަނަ އަހަރު އިޓަލީގައި އުފަންވީ 370،000 ތުއްތު ކުދިންނެވެ. މި އަދަދަކީ އެގައުމުގައި ޖެހިޖެހިގެން އަލަށް އުފަންވި ނިސްބަތް 16 ވަނަ އަހަރަށް އެންމެ ދަށްވި ފަހަރެވެ. އަދި މި އަދަދަކީ 1861 ވަނަ އަހަރު ގައުމު އެއްބައިވަންތަވި ފަހުން އަލަށް އުފަންވި ނިސްބަތް އެންމެ ދަށްވި އަދަދެވެ.
ދުނިޔެއަށް ކުރިމަތިވިި ނުރައްކާތެރި ކޮވިޑް-19 ގައިވެސް އިޓަލީން އެތައް ލައްކަ މީހުން މަރުވިއެވެ. އަދި އިޓަލީ ދޫކޮށް ހިޖުރަކުރާ މީހުންގެ ނިސްބަތްވެސް ފާއިތުވި އަހަރުތަކުގައި ވަނީ އިންތިހާއަށް އުފުލިފައެވެ.
އިޓަލީގައި މުސްކުޅިވަމުން އަންނަ އާބާދީއަށް އަލިއަޅުވާލަމުން ތަފާސް ހިސާބު ރިޕޯޓުން ބުނީ އެގައުމުގެ ގާތްގަނޑަކަށް ކޮންމެ ހަތަރު މީހަކުން އެކަކީ އުމުރުން 65 އަހަރުން މަތީގެ މީހެއް ކަމަށެވެ. އަދި އެގައުމުގައި ސަތޭކަ އަހަރު ފުރިފައިވާ މީހުންގެ އަދަދު މިހާރު 23،500 އަށް އަރާފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު