ކުލަގަދަކޮށް ފިތުރު އީދު ފާހަގަކުރުމުގެ އިންތިޒާމް ހަމަޖެއްސެވި ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު ދަންނަވައިދިއެވެ.
ރައީސްގެ ހާއްސަ މެސެޖެއްގައި އެމަނިކުފާނު ވަނީ ފިތުރު އީދު ފާހަގަކުރުމުގެ އިންތިޒާމް ހަމަޖެއްސެވި އިދާރާތަކާއި މުވައްސަސާތަކުގެ ލޯގޯތައް ހިއްސާކުރައްވައި އެފަރާތްރަކަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1446 ވަނަ އަހަރުގެ ފިތުރު އީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައްކުރައްވައި ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވެލެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
ރައީސްގެ އެ ޝުކުރުގެ ލިސްޓުގައި ހިމެނޭ އިދާރާތަކަކީ:
* ދިވެހި ފުލުހުންގެ ހިދުމަތް
* ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރު
* އިސްލާމިކް މިނިސްޓްރީ
* ސިޓީތަކާއި ބެހޭ މިނިސްޓްރީ
* ސްޕޯޓްސް މިނިސްޓްރީ
* ދިވެހި ބަހާ ބެހޭ މިނިސްޓްރީ
* އެމްޓީސީސީ
* އެސްޓީއޯ
* ސްޓެލްކޯ
* ވެމްކޯ
* އެމްއޭސީއެލް
* އެމްޑަބްލިއުއެސްސީ
* ޕީއެސްއެމް
* އެޗްޑީސީ
* އާރްޑީސީ
* އެމްޕީއެލް
ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސް ހާއްސަ އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި އީދު ފަދަ އިސްލާމީ މުނާސަބަތުތައް އިޙުތިފާލުކުރުމުގެ ސަބަބުން ހާއްސަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ރައީސް ދެކެވަޑައިގަންނަވައެވެ.
މިފަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މާލެ އާއި ހުޅުމާލޭގައި އެކި އިދާރާތަކުންނާއި މުވައްސަސާތަކުން ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ރޭގަނޑު ވަގުތުގައި ހުޅުމާލޭގައި ޑްރޯން ޝޯ އާއި ހަވާ އެރުވުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އޭގެ އިތުރުން މުޅި ރާއްޖެ އީދަށް ޒީނަތްތެރިކުރުމަށް ދިއްދާލުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު