ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ޙިމާޔަތްކޮށް ރައްކާތެރިކޮށް ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު، ސަތޭކަ މިލިއަން ޑޮލަރަށް ބޮޑުކޮށްފި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހިންގާނެ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވި ގަރާރުގެ ދަށުން އެފަދަ މަޝްރޫއުތަކަށް މަދުވެގެން އިންވެސްޓްކުރަން ޖެހޭނެކަމަށް ކަނޑައަޅުއްވާފައި އޮތީ 15 މިލިއަން ޑޮލަރެވެ.
އެހެން ނަމަވެސް މިއަދު ވަނީ އެ ގަރާރު އިސްލާހުކޮށް އެފަދަ މަޝްރޫއުތަކަށް އިންވެސްޓްކުރަން ޖެހޭ އަދަދު އެންމެ ދަށްވެގެން 100 މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ.
އެ ބަދަލު ގެންނަން ނިންމި ސަބަބު ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އެންމެ މަދުވެގެން އިންވެސްޓްކުރަން ޖެހޭ އަދަދު ބޮޑު ތަނުން އިތުރު ކުރި ނަމަވެސް އެހެނިހެން ދާއިރާތަކުން އެންމެ މަދުވެގެން އިންވެސްޓްކުރަން ޖެހޭ އަދަދަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު