ބަރުދަން ލުއިކުރަން މަސައްކަތް ކުރާ މީހުން އަޅުގަނޑުމެންގެ މުޖްތަމައުގައި ވަރަށްވެސް ގިނައެވެ. މިކަން އެންމެ ފަސޭހައިން ހާސިލް ކުރެވޭނީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅު ކޮށްގެންނެވެ. ބައެއް ކަހަލަ ބުއިންތައް ބޭނުން ކުރުމުން ހަަށިގަނޑުގެ މެޓަބޮލިކް މަސައްކަތްތައް އަވަސް ވެގެން ދެއެވެ. މިފަހަރު މި ހިމަނާލަނީ ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ ރޭގަނޑު ބޯންވީ ބައެއް ބުއިންތަކެވެ.
ލުނބޯ އަދި މާމުއި ފެން
ތާފެނާ ފެންތައްޓެއްގެ ތެރެއަށް ލުނބޯ އަދި މާމުއި އަޅައިގެން ބުއިމުން ބަރުދަން ލުއިވުމަށް އެހީވެއެވެ. މި ބުއިމުން މީހާގެ ހަޖަމުގެ ނިޒާމުގެ މަސައްކަތްތައް ރަނގަޅުކޮށް، ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރު ކޮށްދެއެެވެ. އަދި އޭގެ ސަބަބުން ރޭގަނޑުގެ ވަގުތުގައި ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުމަށް އެހީތެރިވެދެއެވެ.
ފޮނިތޮށި ފެން
ފޮނިތޮށި ފެނަކީވެސް ބަރުދަން ލުއި ކުރުމުގައި އެހީވެދޭ ބުއިމެކެވެ. މި ބުއިމުން ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓު ކޮށް، މީހާ ބަނޑުހައިވާވަރު ކުޑަކޮށްދެއެވެ. އަދި ހަށިގަނޑުގެ މެޓަބޮލިޒަމްވެސް އިތުރު ކޮށްދެއެވެ. ވީމާ މިއީވެސް ބަރުދަން ލުއި ކުރަން ބޭނުންވާނަމަ ރޭގަނޑު ބޯން ރަނގަޅު އެއްޗެކެވެ.
ދިރި ފެން
ދިރި ފެނަކީވެސް ބަރުދަން ލުއި ކުރުމުގައި އެހީވެދޭ ބުއިމެކެވެ. މި ތައްޔާރު ކުރާނީ ތާފެނާ ފެނުގައި ދިރި ފޯކުރުމަށް ފަހު އެވެ. މިހެން ހެދުމުން ދިރީގައި ހުންނަ ރަހަތަކާއި މުހިންމު މާއްދާތައް ފެނާއި އެކުވެއެވެ. މި ބޭނުން ކުރުމުން ހަޖަމުގެ މައްސަލަތައް ހައްލު ކޮށްދީ، ބުލޯޓު ވުމުން ދުރުކޮށްދެއެވެ. އަދި ހަށިގަނޑުގެ މެޓަބޮލިޒަމް ވެސް އިތުރު ކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު