ބޭރު ފައިސާ ގަނެވިއްކުމުގައި ސަމާލުވާން މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކޮށްފިއެވެ.
ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމެންޓުން ބުނީ މިގޮތަށް އިލްތިމާސް ކުރީ ރާއްޖޭގައި މަކަރާ ހީލަތުން ފައިސާ ހޯދާ ފަރާތްތަައް ގިނަވަމުންދާތީ ކަމަށެވެ.
އެގޮތުން ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދަ އޮތް ފަރާތްތަކެއްތޯ ކަށަވަރުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.
ފުލުހުން ބުނީ އެމްއެމްއޭގެ ހުއްދައާއެކު ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ. އެހެންވެ، ބޮޑު ގެއްލުމެއް ލިބުމުގެ ކުރިން މިކަމަށް ސަމާލުވެ، މި ލިސްޓު ބެލުމަށްފަހު ބޭރުފައިސާގެ މުއާމަލާތުތައް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ރާއްޖޭގައި ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ ފުލުހުން މިހާރު ވަނީ ސްކޭމް މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްސަ ކޯލް ސެންޓަރެއްވެސް ގާއިމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު