ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
މަޖީދީ މަގުގައި މާރާމާރީ ހިންގި މީހަކު ހައްުޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ޒުވާނެކެވެ. ގއ. ދާންދޫ، އައްސޭރި، މުހައްމަދު އިބާން އަބްދުﷲ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އިބާންއާއި އިތުރު ބަޔަކު ވެގެން މަޖީދީ މަގުގައި ގަޔަށް އަތްލައި ތަޅާ މާރާމާރީ ހިންގިކަން ހެކިތަކުން އެނގެއެވެ.

އެ މައްސަލަގައި އިބާން ވަނީ އޭނާއަކީ ކިޔަވާ ކުއްޖެއްކަމާއި އަދި ކުރެވުނީ ކުޑަ ތުހުމަތެއްކަން ފާހަގަކޮށް ބަންދުން ދޫކޮށްލުމަށް އެދިފައެވެ. ނަމަވެސް ކޯޓުން ނިންމީ އެ ހާދިސާ ހިނގިގޮތަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެކަމަށް ބަލައި ބަންދުން ދޫކޮށްނުލުމަށެވެ.

އެ މައްސަލައިގައި އިތުރު ދެ މީހަކު ފުލުހުންނަށް ފިލައިގެން ގޮސްފައިވާކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް