ވަޒީފާގެ މާހައުލުގައި އުޅޭއިރު ވަރަށް ތަފާތު އެކިކަހަލަ މިޒާޖުގެ މީހުންނާ ދިމާވެ ގުޅުންތައް ބަދަހިވެއެވެ. މިއިން ބައެއް ގުޅުންތަކަކީ ރަނގަޅު ގުޅުންތަކަކަށްވީނަމަވެސް، ބައެއް މީހުންނަކީ ރައްޓެހިންގެ ސިފައިގައި ތިބޭ ދުޝްމަނުންނެވެ. މިފަދަ މީހުންނަކީ ތިބާއަށް ލިބޭ ކާމިޔާބީތަކަށް ހުރަސް އަޅާ މީހުންނެވެ. މިފަހަރު މި ހިމަނާލަނީ ވަޒީފާގެ މާހައުލުގައި ދިމާވާ މީހުންގެ ތެރެއިން ރައްޓެހިންގެ ސިފައިގައި ތިބޭ ދުޝްމަނުން ދެނެގަނެވޭނެ ބައެއް ގޮތްތަކެވެ.
ކްރެޑިޓު ނެގުން
މިފަދަ މީހުންނަކީ ތިމާގެ ހިޔާލުތައް ބޭނުންކޮށް މަސައްކަތްތައް ނިންމައި، އެ އެއްޗެހީގެ ކްރެޑިޓު ނުދީ އަމިއްލަ އެއްޗެއްގެ ގޮތުގައި ބޮޑު މީހާއަށް އެ ދައްކާ މީހުންނެވެ. އެފަދަ މީހުން މިހެން ހަދަނީ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ކުޑަވާތީއެވެ. އެމީހުން ތިމާއާ ގާތްވެ އުޅެނީ ތިމާގެ މަސައްކަތްތައް ނަކަލު ކުރުމަށެވެ. ނުވަތަ ހިޔާލުތައް ވަގަށް ނެގުމަށެވެ.
ނެތް ތަންތާގައި ތިމާގެ ވާހަކަ ދެއްކުން
އެފަދަ މީހުންނަކީ ތިމާ ނުހުންނަ ތަންތަނުގައި ތިމާގެ ވާހަކަ ދައްކާ މީހުންނެވެ. މި މީހުން ތިމާގެ ކުރިމަތީގައި އުޅޭނީ ވަރަށް ހެޔޮއެދޭ ގާތް ރަހްމަތްތެރިއެއް ކަމަށް ހެދިގެންނެވެ. ނަމަވެސް ފަހަތުގައި ތިމާގެ ގުޅޭ ދޮގު މައުލޫމާތު ފަތުރަމުން ދުވެއެވެ. މިފަދަ މީހުން މިކަން މިހެން ކުރަނީ ތިމާގެ އަގު ވައްޓާލާށެވެ.
ވާދަވެރިވުން
މިފަދަ މީހުންނަކީ ލިބޭ ކޮންމެ ފުރުސަތެއްގައިވެސް ތިމާއާ ވާދަވެރިވާން މަސައްކަތް ކުރާ މީހުންނެވެ. ކިތައްމެ ގާތް ކަމަށް ހެދިގެން އުޅުނު ނަމަވެސް، އެފަދަ މީހުން ކޮންމެ ކަމެއްވެސް ވާދައަކަށް ބަދަލު ކުރެއެވެ. އަދި އަބަދުވެސް ތިމާގެ މަސައްކަތްތަކުގެ ފެންވަރު ދައްކަމަށް އެފަދަ މީހުން ބުނާނެއެވެ. އެމީހުން މިހެން ކަންތައް ކުރަނީ ތިމާގެ ކާމިޔާބީތަކާ މެދު ހަސަދަވެެރިވާތީއެވެ.
ވަޒީފާގެ މައިދާނުގައި ކުރިއަރަން ބޭނުންވާނަމަ މިފަދަ މީހުންނާ ދުރުހެލި ވުމަކީ މުހިންމު ކަމެކެވެ. އަދި ވަޒީފާގެ މާހައުލުގައި ޕްރޮފެޝަނަލް ވެ، މީހުންނާ ގުޅުން ބަދަހި ކުރާއިރު ވަކި ވަރެއްގެ ހައްދެއް ބެހެއްޓުމަކީވެސް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު