އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލަރސް (އައި.ޔޫ.އެމް.އެސް) އިން ނެރެފައިވާ އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރުމުގެ ފަތުވާއާ މިޞްރުގެ ބޮޑު މުފްތީ، ނަޒީރު އައްޔާދު، ދެކޮޅު ހައްދަވައިފިއެވެ.
ޣައްޒާގައި އިސްރާއީލުން ހިންގާ އަނިޔާވެރި، ލާއިންސާނީ، ނަސްލު ނައްތާލުމުގެ އަމަޅުގެ ސަބަބުން، ކުޅަދާނަކަން ހުރި ހުރިހާ މުސްލިމުންގެ މައްޗަށް އިސްރާއީލާ ދެކޮޅަށް "ޖިހާދު" ކުރުން ވާޖިބުވެގެންވާ ކަމަށް ބުނެ އިންޓަރނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލަރސް (އައި.ޔޫ.އެމް.އެސް) ވަނީ ފަތުވާއެެއް ނެރެފައެވެ. މިޞްރުގެ ބޮޑު މުފްތީ، ނަޒީރު އައްޔާދު ވިދާޅުވީ މިފަދަ ނިންމުމެއް ނިންމޭނީ "ޝަރުޢީ ގޮތުން ހުއްދަ ލިބިފައިވާ އިސްލާމީ ފަރާތްތަކަށް" އެކަނި ކަމަށެވެ.
އައްޔާދު ވިދާޅުވީ ސިޔާސީ، އަސްކަރީ އަދި އިޤްތިޞާދީ ޙަޤީޤަތްތަކަށް ރިޢާޔަތް ނުކޮށް ޖިހާދަށް ގޮވާލުމަކީ "އިސްލާމީ އުޞޫލުތަކާ ޚިލާފު" ކަމެއް ކަމަށެވެ.
ބޮޑު މުފްތީ ނަޒީރު އައްޔާދު، އައި.ޔޫ.އެމް.އެސް އިން ނެރެފައިވާ ފަތުވާ ސިފަކުރެއްވީ "ޒިންމާދާރުކަން ކުޑަ" ކަމެއްގެ ގޮތުގައެވެ.
އައި.ޔޫ.އެމް.އެސް އިން ނެރުނު ފަތުވާގައި ބުނީ، ޣައްޒާގެ ނަސްލު ނައްތާލުމާއި ހަލާކުކުރުން ހުއްޓުވުމަށްޓަކައި ވަގުތުން ސިފައިންގެ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން އަމަލުކުރުމަށާއި އިސްރާއީލު ޣައްޒާގެ ރައްޔިތުން އަޅުވެތި ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ހުރިހާ މުސްލިމް ޤައުމުތަކުގެ މައްޗަށް ޝަރުޢީ ގޮތުން ލާޒިމުވެގެންވާ ކަމަށެވެ.
"ޣައްޒާ ހަލާކުކުރަމުންދާއިރު، ޢަރަބި އަދި އިސްލާމީ ސަރުކާރުތަކުން އެހީތެރިކަން ނުދިނުމަކީ އިސްލާމީ ޝަރީޢަތުގައި ޣައްޒާގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަޚުންނާ ދެކޮޅަށް ކުރެވޭ ބޮޑު ކުށެއް ކަމުގައި ބެލެވޭނެ" ކަމަށް އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް، ޢަލީ އަލް-ޤަރަދާޣީ ހުކުރު ދުވަހު ނެރުނު ފަތުވާގައި ވިދާޅުވިއެވެ.
މިކަމާ ގުޅިގެން، މިޞްރުގައި ދީނީ ރައުޔު ދިނުމުގެ އެންމެ މަތީ ފަރާތް ކަމުގައިވާ އައްޔާދު އެ ފަތުވާ ބަލައިނުގަނެ ވިދާޅުވީ ޝަރީޢަތުގެ އުޞޫލުތަކާއި އޭގެ މަތިވެރި މަޤްޞަދުތަކާ ޚިލާފަށް، މިފަދަ ނާޒުކު އަދި ހައްސާސު މައްސަލަތަކުގައި ފަތުވާ ދިނުމުގެ ޙައްޤު އެއްވެސް ވަކި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ މުއައްސަސާއަކަށް ލިބިގެން ނުވާ ކަމަށެވެ.
2023 ވަނަ އަހަރު ގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ވަނީ ޣައްޒާގެ ބައިލައްކައަށް ވުރެގިނަ އާންމުން ޝަހީދުކޮށްލާފައެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށް އިސްރާއީލަށާއި އެމެރިކާއަށް ފިއްތުންތައް ކުރިމަތި ނުކުރާ ކަމުގެ ތުހުމަތު އަރަބި ގައުމުތަކަށާއި އިސްލާމީ ދުނިޔެއަށް ކުރިމަތިވެ ގިނަ ބަޔެއްގެ ފާޑުކިޔުން އެގައުމުތަކަށް ވަނީ އަމާޒުވެފައެވެ.
ބާރުގަދަ، މުއްސަނދި އިސްލާމީ ޢަރަބި ގައުމުތަކުން މިމައްސަލައިގައި ފަހަތުފަޔަށް ބަރުވެފައި ތިބި ނަމަވެސް ބައިނަލްއަގުވާމީ ކޯޓުން ވެސް މިހާރު ވަނީ މިމައްސަލައިގައި އިޒްރާއީލުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ހުކުމްތައް ނެރެފައެވެ. އަދި އިޒްރޭލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ކަމަށް ކޯޓުން ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު