ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ކުލާސް ރޫމްތައް އޭސީކޮށް މި އަހަރުގެ ތެރޭގައި ނިންމާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށް ގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓު ސިލްސިލާގެ މިއަދުގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ 217 ސްކޫލެއްގައި 3،604 ކްލާސްރޫމް އެބަހުރި ކަމަށާއި އެ ކުލާސްރޫމްތައް ހޫނުވުމުގެ ސަބަބުން އެތަނުގައި ކިޔަވައިދިނުމަށް ދަތިވާކަން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވާކަމަށެވެ.
އަދި ސްކޫލްތަކުން އެކަމަށް ވަރަށް ބޮޑަށް އެދިފައިވާކަމަށާއި އެހެންކަމުން ސިޔާސަތެއްގައި ހިމަނައި ކުލާސްރޫމްތައް އޭސީކުރަން ނިންމާފައިވާކަމަށާއި އެކަމަށް ބޭނުންވާ ފަންޑު ވެސް މިހާރު ވަނީ ހަމަޖެހިފައިކަމަށާއި ދެން އޮތީ އޭސީތައް ގަތުމުގެ މަރުހަލާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރުވެސް 800 އޭސީ އެކި ކުލާސްރޫމްތަކުގައި ހަރުކޮށްފައިވާކަމަށެވެ. އަދި ދެން ބޭނުންވަނީ 9000 އޭސީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުލާސްރޫމްތަކުގެ އިތުރުން ސްކޫލް ހޯލްތައް ވެސް އޭސީކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެތަންތަން މި އަހަރުގެ ތެރޭގައި އޭސީކޮށް ނިމޭނެކަމަށް ފެނިވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު