ހުޅުމާލޭގައި ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.



ފުލުހުންގެ އިދާރާއިން މިރޭ ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް ދެ ރައްޔިތަކު ކަމަށެވެ. އެއީ އެމްޑީ ރާޖް ރައްޒާކް (29 އަހަރު) އާއި މުހައްމަދު ތަރީގުލް (25 އަހަރު) އެވެ.

ފުލުހުން ބުނީ، އެމީހުން ހައްޔަރުކޮށްފައިވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންކަމަށެވެ.

އެގޮތުން އެމީހުންތިބި ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެއެއްގައި ހުރި ޓޭކްއަވޭ ތަނެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށްބެލެވޭ އެއްޗެއްހުރި ފުޅިއަކާއި، ނެނޯ ސްޓިކް އަދި ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ފުލުހުން ބުނީ މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން