ހިނގާލަން ދަނީ - ގޫގުލް އިމޭޖެސް
ހިނގާލަން ދަނީ - ގޫގުލް އިމޭޖެސް
ދިރިއުޅުމުގައި ގެންގުޅޭ އާދަތަކުގެ ސަބަބުން ދިރިއުޅުމުގެ ކޮންމެ ކަމަކަށްވެސް ވަރަށް ބޮޑު އަސަރުތަކެއް ކުރެއެވެ. އެމީހަކު ގެންގުޅޭ އާދަތަކުގެ ސަބަބުން މީހާގެ ސިއްހަތަށްވެސް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ބައެއް ފަހަރު ކުރެވޭ ކަންކަމުގެ ސަބަބުން ސިއްހަތަށް ބޮޑެތި ނޭދެވޭ އަސަރުތައް ކޮށް، އޭގެ ސަބަބުން ބަލިމަޑުކަމުގައި ހަޔާތުގެ އަަހަރުތައް ކަޑައްތު ކުރަން ޖެހޭ ފަހަރުވެސް އާދެއެވެ. މިފަހަރު މި ހިމަނާލަނީ 40 ގެ އަހަރުތަކަށް ދާއިރު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ ކުރަންޖެހޭ ބައެއް ކަންކަމެވެ.

ޕްރޮޓީން ހިމެނޭ ބާވަތްތައް ކެއުން

ކޮންމެ ދުވަހަކުވެސް 20ގުރާމާއި 30 ގުރާމާ ދެމެދުގެ އަދަދަކަށް ޕްރޮޓީން ކެވޭތޯ ބަލަން ޖެހެއެވެ. މިއީ ހަމަ އެކަނި މީހާ “ފިޓު” ވުމަށްޓަކައި ކުރަން ޖެހޭ ކަމެއް ނޫނެވެ. ޕްރޮޓީން ކެއުމުން މީހާގެ މެޓަބޮލިޒަމް ރަނގަޅުވެ. ހޯމޯނުތައްވެސް ހަމައަކަށް އެޅެއެވެ. އަދި 40 ގެ އުމުރުފުރައަށް ދާއިރު، މީހާގެ މަސްތައްވެސް ވަރުގަދަވެއެވެ.

ހަންގަނޑު "އޯވާ އެކްސްފޮލިއޭޓު" ނުކުރުން

40 ގެ އަހަރުތަކަށް ދާއިރު ދުޅަހެޔޮކޮށް ހުންނަން ބޭނުންވާނަމަ ހަންގަނޑު “އޯވާ އެކްސްފޮލިއޭޓު” ނުކޮށް ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަންގަނޑު މާ ބޮޑަށް އެކްސްފޮލިއޭޓު ކުރާނަމަ އޭގެ ސަބަބުން އުމުރުން ދުވަސްވާއިރު ހަމުގެ އެކި މައްސަލަތައް ދިމާވެއެވެ. އަދި ހަމުގައި ރޫޖެހި، މުސްކުޅިވުމުގެ އަލާމާތްތައް އަވަހަށް ފެންނަން ފަށައެވެ.

ހިނގާލަން ދިއުން

ކޮންމެ ދުވަހަކުވެސް 10،000 ފިޔަވަޅު އެޅޭތޯ ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހެއެވެ. މިއީ ޖިމަށް ނުގޮސްވެސް ހެލިފެލިވެ އުޅޭނަމަ ހާސިލް ކުރެވޭނެ ލަނޑުދަނޑިއެކެވެ. މިކަމަށް އާދަކޮށްފިނަމަ ބަރުދަން ރަނގަޅު ވަރެއްގައި ހިފެހެއްޓި ސިއްހީ ގޮތުންވެސް މީހާ ވަރަށް ދުޅަހެޔޮ ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން