ތަފާތު އެކި ސަބަބުތަކާހުރެ ކުޑަކުދިންވެސް ރުޅި އާދެއެވެ. މިއީ މައްސަލައެއް ނޫނެވެ. ރުޅި އަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވޭނެ އިހުސާސެކެވެ. ދަރިފުޅު ރުޅި އައުމުން އެކަމާމެދު މައިންބަފައިން ކަންތައް ކުރާ ގޮތަކީ އެކުދިންގެ ނަފްސާނީ ސިއްހަތު ރަނގަޅު ކުރުމުގައި ބޮޑު ރޯލެއް އަދާ ކުރާ ކަމެކެވެ.
ދަރިފުޅު ރުޅި އަންނަހިނދު އެކުއްޖާއަށް ހަޅޭއްލަވައި އެއްޗެހި ކިޔާނަމަ އޭގެ ސަބަބުން އެކުދިން ނަފްސާނީ ގޮތުން ބަލިކަށިވެއެވެ. އަދި ބޮޑުވެގެން އަންނައިރު "އެންގާ އިޝޫ" ހުންނަ ކުދިބަޔަކަށް ވެއެވެ. ވީމާ ދަރިފުޅު ރުޅި އަންނަހިނދު އެކުދިންނަށް ހަޅޭއްލެވުމުގެ ބަދަލުގައި ހަމަޖައްސަން މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.
މިފަހަރު މި ހިމަނާލަނީ ދަރިފުޅު ރުޅި އަންނަހިނދު އެކުއްޖާ ހަމަޖައްސާލަން ނުވަތަ އެކަން ހައްލުކުރަން މައިންބަފައިން ކުރަން ޖެހޭ ބައެއް ކަންކަމެވެ.
ދަރިފުޅު ބޭނުންވާ ކަމެއް އޮޅުން ފިލުވުން
ދަރިފުޅު މާ ބޮޑަށް ރުޅި އަންނަ ނަމަ އެކުއްޖަކު ބޭނުންވާ ކަމެއް އޮޅުން ފިލުވުމަކީ މައިންބަފައިން ކުރަން ޖެހޭ ކަމެކެވެ. ތަފާތު އެކި ސުވާލުތައް ކޮށް، ކުއްޖާ ބޭނުންވާ ކަމެއް އޮޅުން ފިލުވަން ޖެހެއެވެ. އަދި އެކަމެއް ފުރިހަމަ ކޮށްދޭން ޖެހެއެވެ.
ހަމަޖެހޭ މާހައުލެއް އުފެއްދުން
ދަރިފުޅު ރުޅި އަންނަނީ އެކުއްޖާ ހުރި މާހައުލެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެހެންކަމުން ކުއްޖާ ހުރި މާހައުލަކީ ހަމަޖެހޭ، އަމާން މާހައުލަކަށް ހެދުމަށް ކޮންމެ ބެލެނިވެރިއަކުވެސް މަސައްކަތް ކުރަން ޖެހެއެވެ.
ކެތްތެރިވުން
ދަރިފުޅު ހަމަޖެހުމަށް ވަގުތު ކޮޅެއް ނަގާފާނެ ކަން ކޮންމެ ބެލެނިވެރިއަކުވެސް ހަނދާން ކުރަން ޖެހެއެވެ. އަދި އެކުއްޖާ އަށް ޕްރެޝަރު ނުކޮށް، ހަމަޖެހެންދެން ކެތްތެރިކަމާއެކު ކައިރީގައި ހުރުމަކީ ކޮންމެ ބެލެނިވެރިއަކުވެސް ކުރަން ޖެހޭ ކަމެކެވެ.
މިފަދަ ގޮތްތައް ބޭނުން ކުރުމުން ދަރިފުޅު ފަސޭހަކަމާއެކު ހަމަޖެހޭނެއެވެ. މި ގޮތްތަކުގެ މައިގަނޑު މަގްސަދަކީ ކުއްޖާގެ އިހުސާސްތަކަށް އިހުތިރާމުކުރުމާއި، އެ ކުއްޖާއަށް އަޅާލާކަން ދެއްކުމެވެ. އަދި އެ ކުއްޖާއަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވުމެވެ.

ކިޔުންތެރިންގެ ހިޔާލު