މާންދޫ
މާންދޫ
މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ލ. މާބައިދޫ ޒުވާނަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލ.މާބައިދޫ، އިބްރާހިމް ނައުޒަމް ނިޔާވެފައިވަނީ އޭނާ ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ، މާންދޫ ބެންޑުގެ ބެޑު ފާރުގައި ޖެހުމުގެ ސަބަބުންނެވެ.

ރޭ ދަންވަރު ހިނގި މިއެކްސިޑެންޓުގައި ނިޔާވި ޢުމުރުން 30 އަހަރުގެ ނައުޒަމަކީ މާންދޫގައި ބޯޓެއްގެ ކައްޕިއަކަށް މަސައްކަތްކުރާ ޒުވާނެކެވެ.

ނައުޒަމް ނިޔާވީ ސައިކަލުން ވެއްޓުމުގެ ސަބަބުން ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:45 ގައެވެ.

ފުލުހުން ބުނެފައިވަނީ މި ޙާދިސާގެ މަޢުލޫމާތު އެއިދާރާއަށް ލިބިފައިވަނީ ރޭ ދަންވަރު 1:40 ގައި ކަމަށެވެ.

ރޭ ހިނގި އެކްސިޑެންޓެއްގައި މާބައިދޫ ޒުވާނަކު ނިޔާވެފައިވާއިރު، ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން 29 އަހަރުގެ ޒުވާނަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން