އައްޑޫސިޓީގައި އެމްޓީސީސީން ކުރަމުންއައި ލޯންޗު ދަތުރުތައް ހުއްޓުމަކަށް އައުމުގެ ސަބަބުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހްމާނު، (އައްދު) ނުރުހުން ފާޅުކޮށްފިއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އައްދު ވިދާޅުވީ އެމްޓީސީސީން ކުރަމުން އަންނަ ލޯންޗު ދަތުރުތަށް ހުއްޓުމާ ގުޅިގެން އައްޑޫ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ދަތުރުތައް ހުއްޓެން ޖެހިފައިވަނީ އެމްޓީސީސީން އައްޑޫ ސިޓީގައި ދުއްވަމުން އަންނަ ދެ ލޯންޗުގެ ތެރެއިން އެއްލޯންޗުގެ އިންޖީނު ހަލާކުވެފައިވަނިކޮށް، ރަނގަޅަށް އޮތް ލޯންޗު ހުވަދޫއަށް ގެންދިއުމުގެ ސަބަބުން ކަމަށެވެ.
ރަނގަޅު ލޯންޗު ހުވަދޫއަށް ގެންގޮސްފައިވަނީ އެމްޓީސީސީގެ ސީނިއާ ބޭފުޅުން ހުވަދުއަތޮޅަށް ކުރައްވާ ދަތުރުތަކުގައި ބޭނުން ކުރުމަށް ކަމަށް އައްދު ވަނީ ވިދާޅުވެފައެވެ.
"މިކަހަލަ ކަންތައްކުރީމަ އައްޑޫ ރައްޔިތުން ގަބޫލު ކުރަނީ މި ސަރުކާރުން އައްޑޫ ރައްޔިތުން ނިކަމެތި ކޮއްފިކަން." އައްދުގެ ޕޯސްޓުގައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްޓީސީސީން މިހެން ކަންތައް ކޮށްފައިވަނީ އައްޑޫ ރައްޔިތުންނަށްވުރެ ކުންފުނީގެ ސިޔާސީ ދަތުރުމުހިއްމު ވުމުން ކަމަށެވެ.
ސަރުކާރުން އައްޑޫސިޓީއާ މެދު ބޮޑުތަނުން އިހުމާލުވެފައިވާކަމަށް ބުނެ މީގެ ކުރިންވެސް އައްދު ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. އޭނާ މިފަދަ ތުހުމަތުތަކެއް ކުރެއްވީ އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ނުލިބުމުންނާއި، އެ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައްވެސް ހުއްޓިފައި ވާކަމަށް ބުނެއެވެ.

އެމްޓީސީސީން ކުރަމުން އަންނަ ލޯންޗު ދަތުރުތަށް ހުއްޓިގެން އައްޑޫ ރައްޔިތުންނަށް މިވަނީ ބޮޑު ތަކުލީފަކަށް ވެފަ، ހުއްޓެން ދިމާވީ އެމްޓީސީސީން އައްޑޫ ސިޓީގައި ދުއްވަމުން އަންނަ ދެ ލޯންޗްގެ ތެރެއިން އެއްލޯންޗުގެ އިންޖީނު ހަލާކުވެ، ރަގަޅު ލޯންޗު ކުންފުނީގެ ސީނިއާ ބޭފުޅުން ހުވަދުއަށް…
— Abdul Rahman (@MpAhdhu) April 12, 2025
ސަރުކާރުން އައްޑޫސިޓީއާ މެދު ބޮޑުތަނުން އިހުމާލުވެފައިވާކަމަށް ބުނެ މީގެ ކުރިންވެސް އައްދު ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. އޭނާ މިފަދަ ތުހުމަތުތަކެއް ކުރެއްވީ އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ނުލިބުމުންނާއި، އެ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައްވެސް ހުއްޓިފައި ވާކަމަށް ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު