ތުރުކީ ވިލާތުން ރާއްޖެއަށް މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އަސްކަރިއްޔާއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ މިއަދު އެ ގައުމުގެ ނޫހެއްގައިވަނީ ރިޕޯޓު ކޮށްފައެވެ.
އޭގެ އިތުރުން، ރާއްޖެއަށް ބޮޑު އަގުގައި މިސައިލްތަކެއް ގަންނަން އުޅޭކަމުގެ އަޑުތަކެއް ވެސް މީސްމީޑިއާގައި މި ދުވަސްވަރު ވަނީ ފެތުރިފައެވެ.
ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ހިމާޔަތް ކުރުން ކަމަށާއި އެމަނިކުފާނު މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން އެ ސިޔާސަތު ތަންފީޒު ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.
އެގޮތުން، ދިފާއީ ބާރުގެ ކޯސްޓްގާޑު ދެގުނަކޮށް، ގާބިލުކަން އިތުރު ކުރުމަށްޓަކައި ރަހުމަތްތެރި ގައުމުތަކާއެކު ރައީސް ކުރެއްވި މަސައްކަޕުޅުގެ ނަތީޖާއެއްގެ ގޮތުން، ތުރުކީވިލާތުން ވަނީ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށ ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ނިންމާފައިކަމަށް މިނިސްޓްރީގެ ބަޔާނުގައިވަނީ ބުނެފައެވެ.
އެހެންކަމުން އެ އުޅަނދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އަދި އެ އުޅަނދު އޮޕަރޭޓް ކުރުމަށް ތުރުކީގެ އެހީގައި ސިފައިން ތަމްރިނުވަމުން ދާކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބަޔާނުގައި ބުނީ، އެ އުޅަނދު ސިފައިންގެ ހިދުމަތަށް ތައާރަފު ކުރެވިގެން ދިޔުމަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުގައި ބައިނަލްއަގުވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެ އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.
އަދި ގާނޫނުއަސާސީގައި މަތިކޮށްފައިވާ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިފައިން ކުރާ މަސައްކަތަށް އެ އުޅަނދުގެ ސަބަބުން އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މަނަވަރު ގެންނަކަމުގެ ވާހަކަތައް މިނިސްޓްރީން ހާމަކޮށްފައި ވީނަމަވެސް، މިސައިލް ގަތުމަށް މަސައްކަތް ކުރާކަމުގެ ވާހަކަތަކަށް ބަޔާނުގައި އެއްޗެއް ބުނެފައެއްނުވެއެވެ.

ނޫސް ބަޔާން pic.twitter.com/LcH5XutYzK
— Ministry of Defence (@MoDmv) April 12, 2025

ކިޔުންތެރިންގެ ހިޔާލު