މަރްޔަމް ނަހްދާ ވަޙީދު   13 އޭޕްރީލު 2025 - 7:11
މަސްތެޔޮ ގުޅަ، ފޮޓޯ: ބެނާހެލްތު
މަސްތެޔޮ ގުޅަ، ފޮޓޯ: ބެނާހެލްތު
ކޮޑް ލިވާ އޮއިލް ނުވަތަ މަސްތެޔޮގުޅަ އަކީ އާރިފާނައިގެ ފުރަމޭއިން އުފައްދާ ތެލެކެވެ. މިއީ ތަފާތު އެކި ނިއުޓްރިއެންޓު ހިމެނޭ އެއްޗަކަށްވީއިރު، މި ތެޔޮ ތެލަކީ ބޭސްވެރިކަމަށްވެސް ބައެއް ގައުމުތަކުގެ މީހުން ބޭނުން ކޮށް އުޅޭ ތެލެކެވެ. ތިރީގައި މި ހިމަނާލަނީ މަސްތެޔޮ ބޭނުން ކުރުމުން ލިބޭ ބައެއް ފައިދާތަކެވެ.

ދިފާއީ ނިޒާމު ވަރުގަދަވުން

މި ތެލަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އޭ އާއި ޑީ ހިމެނޭ އެއްޗެކެވެ. މި ދެ ވިޓަމިނަކީވެސް މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާ ދެ ވިޓަމިނެވެ. އެހެންވެ މި ބޭނުން ކުރުމުން ދިފާއީ ނިޒާމުގެ ސެލްތައް މަސައްކަތް ކުރާ ގޮތް ރަނގަޅުކޮށް، އިންފެކްޝަން ތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެހީވެދެއެވެ. އަދި އިންފްލެމޭޝަން ކޮންޓްރޯލު ކުރުމުގައިވެސް އެހީވެދެއެވެ.

ކަށިތައް ވަރުގަދަވުން

މި ތެލުގައި ހިމެނޭ ވިޓަމިން ޑީ އަކީ ކަށިތައް ވަރުގަދަ ކުރުމުގައިވެސް އެހީވެދޭ މާއްދާއެކެވެ. މިއީ ކެލްސިއަމް އަދި ފޮސްފަރަސް ހަޖަމު ކުރުމުގައި އެހީވެދޭ ވިޓަމިނެކެވެ. ކެލްސިއަމް އާއި ފޮސްފަރަސް އަކީ ކަށިތައް ވަރުގަދަކޮށް ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ދެ މިނަރަލެވެ. އެހެންވެ މި ބޭނުން ކުރުމުން ކަށިތައް ވަރުގަދަ ކޮށްދެއެވެ.

ހިތުގެ ސިއްހަތު ރަނގަޅު ކޮށްދޭ

މި ތެލަކީ އޭގައި ގިނަ އަދަދަަކަށް އޮމެގާ 3 ފެޓީ އެސިޑު ހިމެނޭ އެއްޗެކެވެ. މިއީ ހިތުގެ ސިއްހަތު ރަނގަޅު ކުރުމުގައި އެހީވެދޭ މާއްދާއެކެވެ. މި މާއްދާއަކީ ލޭގައި ހުންނަ ޓްރައިގްލިސެރައިޑްސްގެ މިންވަރު ދަށްކޮށް، ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި މިއިން ހިތުގެ ތެޅުން ރަނގަޅުކޮށް، ހިތުގެ މައްސަލަތަަކަށް މީހާ ހުށަހެޅޭ ވަރު ދައްކޮށްދެއެވެ.

މިއީ ވަރަށް ފައިދާހުރި ތެލަކަށްވީނަމަވެސް ބައެއް ހާލަތްތަކުގައި މީހާގެ ސިއްހަތަށް ބަލައި، ޑޮކްޓަރުން މި މަނާ ކުރާ ފަހަރުވެސް އާދެއެވެ. އެއީ މީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން އެމީހެއްގެ ސިއްހަތަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ހާލަތްތަކުގައެވެ. އެހެންވީމާ، މި ބޭނުން ކުރާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން