އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ތުރުކީ ވިލާތުގައި ގާއިމުކުރި ރާއްޖޭގެ އެމްބަސީ ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

އެ އެމްބަސި ހުޅުވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެވެ.

އެ ރަސްމިއްޔާތުގައި ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރު އަބްދުއް ރަހީމް އަބްދުއް ލަތީފްއާއި ތުރުކީގެ ޓުއަރިޒަމް މިނިސްޓަރު މެހުމަތު ނޫރި އެރުސޯއީ ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލު ވިދާޅުވީ ތުރުކީގައި އެމްބަސީއެއް ގާއިމުވެގެން ދިއުމަކީ ރާއްޖެއާއި ތުރުކީއާ ދެމެދު ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ރަމްޒެއް ކަމަށެވެ.

އަދި އެމްބަސީއާއެކު ދެ ގައުމުގެ ރައްުޔިތުން އިތުރަށް ގުޅުވައިދީ އަދި ދެ ގައުމުގެ ގުޅުން ވެސް އިތުރަށް ވަރުގަދަވުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފަހަކަށް އައިސް ތުރުކީގައި މަތީ ތައުލީމު ހާސިލުކުރާ ދިވެހީންނާއި އަދި އެ ގައުމުގައި ދިގު މުއްދަތަށް ދިރިއުޅެމުންދާ ދިވެހީން ދަނީ އިތުރުވަމުން ނެވެ. އަދި ގިނަ އަދަދެއްގެ ދިވެހީން ތުރުކީއަށް ޗުއްޓީއަށް ވެސް ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން