އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަގްފު ފަންޑަށް 15 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވައުދުތަކުގެ ތެރެއިން މުހިންމު އެއް ވައުދަކީ ވަގުފު ފަންޑުގެ މަޝްރޫއުތައް ފުޅާކޮށް އިސްލާމީ ހިދުމަތްތަކަށް ހޭދަކުރަން ބޭނުންވާ ފައިސާ ހޯދުން ކަމަށެވެ.

އެގޮތުން އިސްލާމީ ވަގުފު ފަންޑު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އިސްލާމިކް މިނިސްޓްރީން މުހިންމު ނިންމުންތަކެއް މިއަދު ނިންމާފައި ވާކަމަށް ޝަހީމް ވިދާޅުވެއެވެ.

ޝަހީމް ވިދާޅުވީ މިއަދު ނިންމެވި އެންމެ މުހިއްމު އެއް ނިންމެވުމަކީ އިސްލާމިކް ވަގުފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުމާއި، ދާރުލްއީމާން ބިލްޑިންގ އަކީ އިސްލާމީ ވަގުފު ފަންޑުގެ އެސެޓެއް ކަމުގައި ރަސްމީކޮށް ކަނޑައެޅުން ކަމަށެވެ. އަދި ދާރުލް އީމާނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ހާއްސަކޮށް ވަގުފު ކުރެވިފައިވާ އެއްޗަކަން ހެދުމަށް ނިންމާފައި ވާކަމަށް ޝަހީމް ވިދާޅުވެއެވެ.

ހަމައެއާއެކު އަލަށް އިމާރާތްކުރާ ދާރުއްސަލާމް ބިލްޑިންގާއި ދާރުލްއަރްގަމް ބިލްޑިންގުން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަގުފު ފަންޑަށް ކަނޑައެޅުމަށް މިއަދު ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަގްފު ފަންޑާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޒަކާތު ފަންޑާއި ގުޅިގެން ދާރުއްސަލާމާއި ދާރުލް އަރްގަމް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކުން 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯނެއް ދިނުމަށް ނިންމާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ވަގުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަން ޑރ. ޝަހީމް މިއަދު ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން