ރާއްޖޭގެ 9 ރަށެއްގައި ޤުރުޢާން ހިތުދަސްކުރުމުގެ ޕްރޮގްރާމް އަންނަ މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިއަދު ވިދާޅުވީ އަންނަ މަހު ޤުރުޢާން ހިތުދަސްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ އިސްލާމީ މަރުކަޒުތައް ޤާއިމްކޮށްފައިވާ ރަށްތަކާއި, ޤާއިމްކުރަމުންދާ ރަށްތަކާއި, ބޮޑަތި އާބާދީ ތަކުގައި ކަމަށެވެ.
އެގޮތުން އަންނަ މަހު ޕްރޮގްރާމް ފަށާ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާފު، ހދ. ކުޅުދުއްފުށި، ގދ ތިނަދޫ، ސ ހިތަދޫ އަދި ލ. ގަމެވެ.
ހަމައެއާއެކު ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްރަށުގައިވެސް އަންނަ މަހު ޕްރޮގްރާމްތައް ފެށުމަށް ވަނީ ނިންމަވާފައެވެ.
ހަމައެހެންމެ އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒުގެ ޤާރީ ކޯސްތައް ހިންގުމަށް 8 ރަށެއް މިހާރު ވަނީ ކަނޑައަޅާފައެވެ. އެއީ ރ. މަޑުއްވަރީ، ނ. ވެލިދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ, ގދ. ގައްދޫ, ލ. އިސްދޫ ކަލައިދޫ, ހއ. އުތީމު, އަދި ދ. މީދޫ އެވެ.
“މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭގޮތަށް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެ.” މިނިސްޓަރ ވިދާޅުވިއެވެ.
އޭގެއިތުރުން ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒަށް، އެމަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ޝަހީމް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު