ރައީސް މުއިއްޒު--
ރައީސް މުއިއްޒު--
ކާބަފައިން ވާރުތަކޮށްދިން އާސާރުތަކަކީ ގައުމިއްޔަތުގެ އެއްބައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތަރިކައިގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން ގައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ގައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ހިމާޔަތްކޮށްގެން ކަމަށެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރުމަށްޓަކައި ރައީސް މުއިއްޒުގެ ވިސްނުންފުޅު ގެންގުޅުއްވަނީ ދެމެހެއްޓެވި ޒަމާނީ އާ ގޮތްތައް ތައާރަފުކުރުމަށެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ ގޮތުން ދާދި ފަހުން ޗައިނާއިން އައި ވަފުދެއް ހެރިޓޭޖް މިނިސްޓްރީއާއެކު ވަނީ ބައްދަލުވުމެއްވެސް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި އެއިން އާންމުދަނީ ހޯދުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން